މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 އަކީ ޖަނަވާރެއްގެ ފަރާތުން ފެތުރިފައިވާ ވައިރަސް އެއް ކަމަށާއި އެއީ ލެބޯޓްރީ އަކުން ފެތުރެން ފެށި ވައިރަސްއެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވިދާޅުވެއްޖެއެވެ.

ޑަބްލިޔުއެޗްއޯގެ ސްޕޯކްސްވުމެން ފަޑެލާ ޗައިބް ބުނެފައިވަނީ މިހާރު ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު، އެނގިގެން ދަނީ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ޗައިނާގެ ވާލުތަކެއްގެ ސަބަބުން ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް ލެބޯޓްރީއަކުން ނުވަތަ އިތުރު ތަނަކުން އުފައްދާފައިވާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހޯދިފައިވާ ހުރިހާ ހޯދުންތަކުން ފެނިގެން ދަނީ ކޮރޯނާ ވައިރަސް ފެތުރެން ފަށާފައިވަނީ ޖަނަވާރެއްގެ ގައިން ކަމަށް. އަދި އެއީ އެއްވެސް ގޮތަކަށް ބަޔަކު މީހުން ލެބޯޓްރީ ނުވަތަ އެފަދަ އެހެންތަނެއްގައި ހަދާފައިވާ ވައިރަސްއެއް ނޫން" ފަޑެލާ ވިދާޅުވިއެވެ.

ފަޑެލާ މިފަދައިން ބުނެފައިވާއިރު، މީގެ ކުރިން އެންމެ ގިނައިންވެސް މީޑިއާތަކުގައި ދައުރުވަމުން އަންނަ އެއްވާހަކައަކީ ކޮރޯނާވައިރަސް އަކީ ވާލު ސޫޕެއްގެ ސަބަބުން ފެތުރެން ފެށި ވައިރަސްއެއް ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފަށާފައިވާ މި ވައިރަސްގެ ހަގީގަށް ހޯދުމަށް ގިނަ ސައިންސްވެރިން މަސައްކަތް ކުރަމުން އަންނައިރު، އެކި މީހުން ދައްކަމުން އަންނަނީ އެކި ކަހަލަ ވާހަކަތަކެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ވައިރަސްއަކީ ޗައިނާގައި މީހުން ދިރިއުޅުން އަންނަ މިންވަރު ދަށްކޮށްލުމަށް ބަޔަކު މީހުން ގަސްތުގައި އުފައްދާފައިވާ ވައިރަސް އެއް ކަމަށެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވަނީ ކޮރޯނާވައިރަސް އަކީ ޗައިނާގެ ލެބޯޓްރީ އަކުން އުފައްދާފައިވާ ވައިރަސްއެއްްތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ.

ކޮވިޑް-19 މިހާރު ދުނިޔޭގެ ގިނަ ގައުމަކަށް ފެތުރިފައިވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 2.5 މިލިއަން މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 171،741 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، 6 ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަލިން ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރަސާތާނާ

  އެމެރިކާ އެހީ ތި އިދާރާއަށް ކަޑާލީ ތި ސްޓޭޓްމަންޓް ތި ގޮތަށް ނުނެރިގެން ތި ިއދާރާ ޗައިނާ ސެންޓްރިކް ވި ކަމަށް ޓްރަމްޕް ބުނާތީ. މިއަދި އެމެރިކާ ސެންތްރިކް ތިވީ. ދެން ޗައިނާ އެހީ ކަޑާލާ. ހަގީގަތަކީ ތިޔައީ ޗައިނާގައި އޮތް އެމެރިކާ ސިފައިން ބައިވެރިވި ސިފައިންގެ އިވެންޓަކަށް އެމެރިކާ ގެ ޖާސޫސީ އިދާރާއިން ފެތުރި ވައަރަހެއް. ބޭނުމަކީ ޗައިނާގެ ދުވަސް ދުއްވާލުން. އެކަމކު ފޭހުނު އޮިލޮށިގަޑުވަނީ އެމެރިކާގެ ލޮލަށް. ޗައިނާ މިއަދު އޮތީ ސަލާމަތުން. ވެކްސިންވެސް ހަދައިފި. އެކަމކު އެމެރިކާ އަާ އެ ވެކްސިން ހިއްސާކުރަކަށް ޗައިނާ ބޭޏުމެއް ނުވޭ. އެމެރިކާ އިދަޖެހޭތަން ދެކެން މުޅި ދުނިޔެވެސް މިއަދު ބޭނުން. ދުނިޔޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކަށް އެމެރިކާގެ ކިބައިން ބަދަލު ހިފަންޖެހޭ.

  25
  3
 2. ޙަސަނާބެ

  1918 ވަނަ އަހަރު ފެށުނު ރޯގާގެ ވައިރަސް ނިކުތީވެސް ޗައިނާގެ ބިމުން !ދުނިިޔޭން އެތަށްބަޔަކު މަރުވި! ޢުފެއްދި އެއްޗެއްނޫން އެވެރިން ކާކަށް ވަކިއެއްޗެއް ނޯވޭ! ފުޅައިން ފެށިގެން ވާލަށް ދަންދެން .

  8
  4
 3. އަލިކާ

  ހުރިހާކަމެއް އެންމެ މޮޅަށް ދެނެވެޑިގެންވާ ފަރާތަކީ މާތްﷲ އެވެ. އެކަނލާންގެ ވަނީ އިންސާނުން އުޅެންވީ ގޮތާއި އިންސާނުން ކެއުން ޙަރާމް ކުރެއްވިތަކެތި ކީރިތި ޤުރުޢާންގައި ބާޔާންކޮއްދެއްވާފައެވެ.

  19
  2