ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 531 މީހަކު މިއަދު މަރުވެއްޖެއެވެ.

މިއަދު ފްރާންސުން ވަނީ 2667 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ފްރާންސުން އިއްޔެ މަރުވި މީހުންނަށް ވުރެ މިއަދު މަރުވި މީހުންގެ އަދަދު ވަނީ މަދުވެފައެވެ. ނަމަވެސް އިއްޔެ ފައްސިވި މީހުންނަށްވުރެ މިއަދު ފައްސިވި މީހުންގެ އަދަދު އިތުރެވެ.

އިއްޔެ އެގައުމުން 547 މީހުން މަރުވިއެވެ. އިއްޔެ ފައްސިވެފައި ވަނީ 2489 މީހުންނެވެ.

ފްރާންސުން ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 158,050 އަށް އަރާފައެވެ. އޭގެތެރެއިން 20,796 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. ފްރާންސުން ބަލި ޖެހުނު މީހުންގެ ތެރެއިން 39,181 މީހުން މިހާތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ފްރާންސްގެ ބޮޑުވަޒީރު އެޑްވާޑް ފިލިޕޭ އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮވިޑް-19 އެގައުމުގައި ފެތުރުން ކޮންޓްރޯލް ކުރެވި މިހާރު ހޮސްޕިޓަލްތަކަށް ބާރު ކުޑަވަމުން އަންނަ ކަމަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވާލުން ފަދަ ނިންމުންތައް ނިންމައި އާއްމު ހާލަތަކަށް އަލުން ރުޖޫއަ ވެވޭނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު