ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވަމުން ދަނިކޮށް، އެމެރިކާގެ ބައެއް ސްޓޭޓްތައް ވިޔަފާރިއަށް ހުޅުވާލަން ނިންމައިފިއެވެ.

ސިއްޙީ އޮފިޝަލުންގެ އިންޒާރުތަކާއި ދެކޮޅަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރަމުން ދާއިރު، ވިޔަފާރިއަށް އަލުން ހުޅުވާލުމަށް ނިންމާފައިވާ ސްޓޭޓްތަކުގެ ތެރޭގައި ޖޯޖިއާ އާއި ދެކުނު ކެރޮލީނާ އާއި މިޗިގަން އާއި ކެލެފޯނިއާގެ އިތުރުން ޕެންސީލްވޭނިއާ ހިމެނެއެވެ.

މި ސްޓޭޓްތަކުގެ ކައުންސިލްތަކުން މިގޮތަށް ނިންމުމާއި ގުޅިގެން މިހާރު ގިނަ އަދަދެއްގެ ބަޔަކު އެކަމާއި ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާގެ ހާލަތު އިތުރަށް ގޯސްވެ، ކޮންޓްރޯލް ކުރަން ދަތިވާ ވަރަށް ކޮވިޑް-19 ފެތުރެން ފަށާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުން މި ދަނީ، ކޮވިޑް-19 ފެތުރެމުން ދިޔަނަމަވެސް އެމެރިކާ އަލުން ހުޅުވާލުމަށް އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް އަބަދުވެސް އޭނާގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު ރަނގަޅުކަމަށް ބުނަމުން އަންނަނިކޮށް މިހާރުގެ ހާލަތުން އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން، މީގެ ކުރިންވެސް ޓްރަމްޕް ވަނީ އެޤައުމުގެ ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

ވިޔަފާރިތަކަށް އެމެރިކާގެ ގިނަ ސްޓޭޓްތައް ހުޅުވާލަން ތައްޔާރުވަމުން ދާއިރު، މިދިޔަ ހަފްތާގައި ފްލޮރިޑާގެ ބީޗުތަކާއި ޕާކުތައް ވެސް ވަނީ ހުޅުވާލާފައެވެ. މި ނިންމުމާއި ގުޅިގެން އެ ސްޓޭޓުގެ މޭޔަރު ބުނެފައިވަނީ، އެތަންތަނުގައި އާންމުންނަށް ގޮސް އުޅެވޭނެ ކަމަށާއި، މޫދަށް އެރިއުޅުމާއި ހިނގާލަން ދިއުމާއި ދުއްވާލަން ދިއުމުގެ އިތުރުން އެއްވެ އުޅުން ފަދަ ކަންކަން އެތަންތަނުގައި ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް މި ވައިރަސް ޖެހި މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް ޖުމްލަ 816336 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 45172 މީހަކު ވަނީ މަރުވެފައެވެ. ވިޔަފާރިއަށް އެމެރިކާގައި ހުޅުވާލަން ނިންމި ބައެއް ސްޓޭޓް ތަކަކީ އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓްތައްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙޝީމާ

    އަވަސް އަރުވާލާފަ ކޮންޓުރޯލް ނުވަނީސް ހުޅުވާލާ ގައުމުތައް ވަތައް ހިތި ނަތީޖާ ދެކޭނެ.. ކޮވިޑަކީ އާދައިގެ ރޯނގާއެއްނޫން.. މިއީ އިމިއުނިޓީވެސް ލިބޭ އެއްޗެއްކަމެއް ސައިންޓިފިކްކޮއް ޔަގީންނުވާ ބައްުޔެއް.

    10
    1
    • ކަޑަބެ

      ކާކުތަ ބުނީ. ހޭއަރާބަލަ.

  2. ބާރީ

    ޙަންގުރާ މަ ކުރަން ބޮޑު އަސްކަރީޔާ އެއް އޮތީ... ވައިރަސް އާއި ހަންގުރާ މަ ކުރު މުގެ ގާބިލުކަން ނެތް؟

    11
    • ހާޖަރާ

      Time to invest in bio weapon and defense

  3. އަލްޖިބްރާ

    ހެޔޮގޮތް ނުވިސްނާ ބަޔަކު ހަލާކުވެ ފަނާވުމުގެ ތެރެއަށް ވެއްޓޭ އިރު ވާނެ ހުރިހާގޮތެއް މިދަނީ ފެންނަމުން ! " ބެދޭ މަޅިއެއް ނުފެންނާނެ "

    10
  4. ޣޮފި

    ސިއްހީ އެހީތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އަކީ "މަރު ބައްޔެއް" ނަމަވެސް އަދި ބަލި ޖެހޭ މީހުން އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހޭކަން އެނގި ތިބެ ވެސް ގިނަ މީހުން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދިނުމެވެ. ސިއްހީ މާހިރުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ބޯނުލެނބުމެވެ.

    • ހާޖަރާ

      Death rate < 1%. How is this "marubali"?

      1
      5
    • ކަޑަބެ

      ހިސާބު ބުނަނީ 0.3 އޭ. ދެނޯ