ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 2،804 މީހަކު އިއްޔެ މަރުވެއްޖެއެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 45،343 އަށް އަރާފައިވާއިރު، އިއްޔެ އަކީ އެ ގައުމުގައި ވައިރަސް ފެތުރެން ފެށި ފަހުން އެންމެ ގިނައިން މީހުން މަރުވި ދުވަަސްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އެ ގައުމުގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މި މަގުގެ 15ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ޖުމްލަ 2،618 މީހަކު ވަނީ މަރުވެފައެވެ.

އިއްޔެ އެމެރިކާ އިން 431 މީހުން ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 819،175 އަށް އަރާފައެވެ. އޭގެތެރެއިން 82،973 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ.

އެމެރިކާ ހުޅުވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ގެންދަނީ ބާރުއަޅަމުންނެވެ. ލަސް ވޭގަސްގައި ކޮވިޑް-19 ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ އެސަރަހައްދުގެ ބައެއް ވިޔަފާރިތައް ބަންދުކުރަން ގަވަރުނަރު ނިންމި ނިންމުމަށް ޓްރަމްޕް ވަނީ ފާޑުކިޔާފައެވެ. ޓްރަމްޕް ބުނީ ލަސްވޭގަސްގެ ވިޔަފާރިތައް ބަންދު ކުރަން ނިންމި ނިންމުމަކީ ވަރަށް މޮޔަ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕަށް ލަފާއަރުވާ އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ދެން އެމެރިކާގައި ބަލި ޖެހޭ މީހުންގެ އަދަދު ދާނީ ދަށަށެވެ. ނަމަވެސް ދެވަނަ ރާޅެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހާލަތުން އަރައި ގަނެވޭނީ ވެކްސިނެއް އުފެއްދިގެން ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

މެއި މަހު ގައުމު އަލުން ހުޅުވަން ޓްރަމްޕް ބޭނުންވި ނަމަވެސް، ގިނަ ސްޓޭޓުތަކެއްގެ ގަވަރނަރުން ވަނީ މެއި މަހު އެ ސްޓޭޓުތައް ނުހުޅުވާނެކަމަށް ބުނެފައެވެ. ޓްރަމްޕް ވަނީ އެކަމާއި މެދުވެސް ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު