ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ނުވަތަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ކޮވިޑް-19ގެ ސާމްޕަލްތަކެއް ހިފައިގެން މިޔަންމާގައި ދަތުރުކުރަމުން ގެންދިޔަ ވެހިކަލަކަށް ހަމަލާދީ، އެ ވެހިކަލް ދުއްވަން އިން ޑްރައިވަރު މަރާލައިފިއެވެ.

މި ހަފްތާ ތެރޭގައި ދިން މި ހަމަލާގައި ޑްރައިވަރު މަރުވެ، ވެހިކަލް ތެރޭގައި އިން މިޔަންމާ ސަރުކާރުގެ އިސް އޮފިޝަލަކަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިތުރުން ރިއުޓާސް އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ބަޑިން ދިން މި ހަމަލާގެ ފަހަތުގައިވާ ބޭނުމެއް ނުވަތަ އެކަން ކުރި ބައެެއް އަދި ހޯދިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން އަންނަނީ މި ޖަރީމާގައި ޝާމިލްވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިކަމާއި ގުޅިގެން އދ. ގެ ސެކެޓްރީ ޖެނެރަލްގެ ސްޕޯކްސްޕާސަން ވިދާޅުވެފައި ވަނީ މިއީ ބަޔަކު ކުރި ވަރަށް ފިނޑި އަމަލެއް ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ ސަރަހައްދުގެ ޑައިރެކްޓަރ ވިދާޅުވެފައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ބައެއްގއ ފުރާނަ ނަގާލުމަކީ ބަލައިގަނެވއ