ކޮވިޑް-19 ޖެހިގެން ފްރާންސުން މިއަދު އިތުރު 544 މީހަކު މަރުވެއްޖެއެވެ.

ފްރާންސުން މިއަދު ވަނީ އިތުރު 1,827 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި ފްރާންސުން އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދު ފްރާންސުން މަރުވި މީހުންގެ އަދަދު ވަނީ އިއްޔެ އަށްވުރެ އިތުރުވެފައެވެ. އިއްޔެ ފްރާންސުން މަރުވީ 531 މީހުންނެވެ.

ފްރާންސުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 159,877 އަށް އަރާފައެވެ. އޭގެ ތެރެއިން 21,340 މީހަކު ވަނީ މަރުވެފައެވެ. ފްރާންސުން ބަލި ޖެހުނު މީހުންގެ ތެރެއިން 40,657 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ. ފްރާންސްގައި ބަލި ޖެހިފައި ތިބި 97,880 މީހުން މިހާރުވެސް އެބަތިއްބެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ފްރާންސް ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮންނަތާ މިހާރު ފަސް ހަފްތާ ވެއްޖެއެވެ. ފްރާންސުން މިހާރު ކޮވިޑް-19 ކޮންޓްރޯލް ވަމުންދާ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް އަދި ފުރަބަންދު އުވާލުމުގެ ވިސްނުމެއް ފްރާންސް ސަރުކާރުން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު