މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން ބޭސް ބޭނުން ކުރާ މީހުންނަށް ހިތް ހުއްޓުން، ހާޓް އެޓޭކް ޖެހުން އަދިވެސް އިތުރު ހިތުގެ މައްސަލަތައް ކުރިމަތިވާކަމަށް ދިރާސާއަކާއި ހަވާލާދީ އިނގިރޭސިވިލާތުގެ "ޓެލެގްރާފް" ނޫހުން ބުނެފިއެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ހައިޑްރޮކްސީކްލޮރޯކްއީން އަކީ ވަރަށް ތަފާތު މޮޅު ބޭހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމާއި އެކު އެބޭސް ބޭނުން ކުރަން ބައެއް ގައުމުތަކުން ވަނީ ފަށާފައެވެ. ނަމަވެސް އެއީ ކޮވިޑް-19 އަށް ފަރުވާއެއް ނޫންކަމާއި އެބޭސް ބޭނުން ކުރުމުން ސިއްހީ އިތުރު ގެއްލުންތަކެއް ލިބެމުންދާ ކަމަށް ދިރާސާތަކުން ދަނީ ދައްކަމުންނެވެ.

"ޓެލެގްރާފް" ގައި ބުނެފައި ވަނީ ގޮތުގައި ނޭޝަނަލް އިންސްޓިއުޓް އޮފް ހެލްތު (އެންއައިއެޗް) އިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ހައިޑްރޮކްސީކްލޮރޯކްއީން ބޭސް ބޭނުން ކުރުމުން ހިތުގެ މައްސަލަތައް ދިމާވެ، ހާޓް އެޓޭކް ޖެހުމަށް މަގުފަހިވެއެވެ.

ހައިޑްރޮކްސީކްލޮރޯކްއީން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ނަމަވެސް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އެމެރިކާގެ އެންމެ އިސް ސައިންސްވެރިޔާ ޑރ.އެންތަނީ ފޫޗީ ވެސް ވަނީ މިއީ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ގަބޫލުކުރެވޭ އެއްވެސް ސައިންޓިކް ހެއްކެތް ނެތް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރުން މަނާކުރަން ނުވަތަ، ބޭސް ބޭނުން ކުރުމަކީ އެދެވޭ ކަމެއް ކަމަށް ބުނެވޭ ވަރަށް އަދި ދިރާސާތައް ކުރެވި މައުލޫމާތުތައް ލިބިފައި ނެތް ކަމަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ބުނެއެވެ.

ހައިޑްރޮކްސީކްލޮރޯކްއީންގެ 50000 ގުޅަ އިންޑިއާ އިން މިހާރު ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފައެވެ. ނަމަވެސް ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންނަށް މިބޭސް ދޭން ނިންމިކަން އަދި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑައެލޯގް

    އެހެންވެ ރާއްޖެއަށް މިފޮނުވީ، އޭރަށް ހާރޓް ބަލިމީހުން ރާއްޖޭގައި ގިނަވެ އިންޑިޔާއަށް ބޭސްފަރުވާއަށްދާނީ. އިްނޑީޔާގެ ރޭވުން މަކަރުވާނެ

    30
    1
  2. ދޮކްތުރު

    ދައުލަތުން މަޖުބޫރު ކޮށްގެންނޫނީ ދިވެހި ޑޮކްޓަރަކު ތިބޭސް ނުދޭނެ

    30
    1
  3. އަމްރިޝްޕޫރީ

    އިންޑިޔާގެ ވާހަކަ ނުދައްކާ، އެއީ ބޮޑުބޭބެ، ރުޅި އަތުވެއްޖެއްޔާމު ވެރިކަން ވައްޓާލާނެ!

    13
    • ހުޅުލޭ ބޮޑުމީހާ

      އިންޑިއާ މީހުންނަކަށް އަދި ރާއްޖޭގެ ވެރިކަން ވައްޓައެއް ނުލެވޭ. އިރާދަ ކުރެއްވިއްޔާ އެކަމެއް ނުވެސްވާނެ.