އިންޑިއާޣެ ޑަމޮހް ސިޓީގައި އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލާފައި އޮއްވާ ފެނިއްޖެއެވެ.

ކޮވިޑް-19އާ ގުޅިިގެން ފުރަބަންދުކޮށްފައިވާ އިންޑިއާގައި އެ ކުއްޖާ ރޭޕްކޮށްލާފައި އޮއްވާ ފެނުނުއިރު، އެ ކުއްޖާގެ ދެ ލޮލަށްވެސް ގެއްލުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ،

އެ މައްސަލައާ ގުޅުން ހުރި އުމުރުން 21 އަަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެެވެ.

ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށްލާފައި އޮއްވާ ފެނިފައި ވަނީ، ވިލޭޖުގެ ދަނޑުހައްދާ ސަރަހައްދުގައި ފަޅަށް ދޫކޮށްފައިވާ ގެއެއްގެ ތެރެއިން ކަމަށެވެ. އަދި އިއްޔެ ހެނދުނު އެ ކުއްޖާ ފެނުނުއިރު، އެ ކުއްޖާ އޮތީ ދެ ހަތްވެސް ބަދެފައި ކަމަށް ފުުލުހުުން ވަނީ ބުނެފައެވެ.

އެ ކުއްޖާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ޖަބަލްޕުރް އަށް ގެންގޮސްފައެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް އެވެ. ޑޮކްޓަރުން މަސައްކަތް ކުރަމުން ދަނީ އެ ކުއްޖާގެ ފެނުން އަނބުރާ ލިބޭނެ ގޮތެއް ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ، އެ ކުއްޖާ ދިރިއުޅެމުންދާ ވިލޭޖަށް ނިސްބަތްވާ ސަޝިން ސެން ނަމަކަށް ކިޔާ މީހެއް ކަމަށް ވެއެވެ.

އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި މިފަދަ ލާއިންސާނީ އަމަލުތައް ހިންގަމުންދާތީ އެތައް ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ރޭޕްގެ މައްސަލަތައް އެންމެ ގިނަ އެއް ގައުމަކީ އިންޑިއާ އެވެ. އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި އެ ގައުމުގައި ރޭޕް ކޭސްތައް އެންމެ ގިނަ ހިސާބެވެ.