މުޅި ދުނިޔެއަށް ކޮވިޑް-19ގެ ނޭދެވޭ އަސަރު ކުރަމުން ގެންދާ މި ދަނޑިވަޅުގައި ދުނިޔޭގެ ހުރިހައި ހިސާބަކުން ބޮޑެތި ވިޔަފާރިތައްވެސް އަންނަނީ ބަނގުރޫޓުވަމުންނެވެ. މިގޮތުން އޮސްޓްރޭލިއާގެ ދެވަނަ އަށް އެންމެ ބޮޑު އެއާލައިންވެސް މިވަނީ ބަނގުރޫޓުވިކަން އިއުލާން ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ބިލިއަނަރު ރިޗާޑު ބްރޭންސަން އުފެއްދި ވާޖިން އޮސްޓްރޭލިއާ އަކީ ސިންގަޕޯ އެއާލައިނާއި އެއްޓިހާދުގެ އިތުރުން ޗައިނާގެ އިންވެސްޓަރުންގެ ބޮޑު ހިއްސާވެސް އޮންނަ ކުންފުންޏެކެވެ.

ކޮވިޑް-19ގެ ސަބަބުން އެއާލައިންތައް ބަނގުރޫޓުވެ ނުދިނުމަށް ސަރުކާރުތަކުން ބޮޑެތި ލޯނުތައް ދެމުން އައި ނަމަވެސް، އޮސްޓްރޭލިއާ ސަރުކާރުން ވަނީ ވާޖިން އަށް 888 މިލިއަން އެމެރިކާ ޑޮލަރު ދޭން ދެކޮޅު ހަދާފައެވެ. އެއީ އެ ކުންފުނީގެ 90% ހިއްސާދާރުންނަކީ ގައުމުން ބޭރު މީހުން ކަމުގައިވާތީއެވެ.

ވާޖިން އޮސްޓްރޭލިއާ ބަނގުރޫޓުވުމާއި އެކު ސަރުކާރުން އެ ކުންފުނީގެ ކޮންޓްރޯލު ނަގައި، އައު ހިއްސާދާރުން ހޯދައި ކުންފުނި އަލުން ފަށައިގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް މި ދުވަސްކޮޅުވެސް އެ އެއާލައިނަށް ލިބޭ ހާއްސަ ފްލައިޓުތައް އޮޕަރޭޓު ކުރަމުން ގެންދާނެއެވެ.

ވާޖިން ބަނގުރޫޓުވުމާއި އެކު މިހާރު އޮސްޓްރޭލިއާގައި ބޮޑު އެއާލައިނަކަށް އޮންނާނީ ގައުމީ އެއާލައިން ކަންޓަސްއެވެ. އެންމެ އެއާލައިނެއް އޮތުމުން އެ ގައުމުގެ ޓިކެޓުތަކުގެ އަގުތައްވެސް އުފުލޭނެކަމަށް ގިނަ ބަޔަކު މިހާރު އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ބުއްޅަބޭގެ ބޮޑު ރައްޓެހިމީހާގެ އެއަރލައިނު އެ ބަގުރޫޓުވީ!

    • ވަގުތީ ކެހިވެރި ހަޔާތް

      އެއެއާލައިނުގެ އޮސްޓްރޭލިއާ ގޮފި އެ ބަނގުރޫޓުވީ.