ޔަމަން އިން ކޮވިޑް-19 ޖެހުނު ހަމައެކަނި މީހާ ރަނގަޅުވެއްޖެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 10ވަނަ ދުވަހު ޔަމަނުގެ ދެކުނުގައި އޮންނަ ހަދަރްމައުތްގެ ރައްޔިތެއްގެ ގައިން މުޅިން އަލަށް އެ ގައުމުން ވައިރަސް ފެނުމުން މުޅި ޔަމަނުގައި ވައިރަސް ފެތުރިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ނަަމަވެސް، ވަައިރަހަށް ފައްސިވި މީހާގެ ގައިން އިތުރު މީހަކަށް ވައިރަސް ޖެހިފައި ނުވާއިރު، މިހާރު ޔަމަނުގައި ވައިރަސް ޖެހިފައި ހުރި މީހަކު ރެކޯޑު ކުރެވިފައެއް ނެތެވެ.

ދާދި ފަހުން ޢެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އދ އަށް ދޭ ފައިސާގެ އެހީގެ ބޮޑު ބައެއް ކަނޑާލަން ނިންމާފައެވެ. އެއީ ޔަމަނުގައި އުޅޭ ހޫތީން އދ އިން ޔަމަނަށް ގެންދާ އެހީގެ ތަކެތި އެއްކޮށް ނަގާ ކަމަށް ބުނެއެވެ. ހޫތީންނަކީ އީރާނަށް ތާއިދު ކުރާ ބައެއްކަމުން ޓްރަމްޕް މި އެހީ ހުއްޓާލީ އީރާނާއި އޮންނަ ޒާތީ މައްސަލައެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ދޭ އެހީތައްވެސް އެމެރިކާ އިން ކަނޑާލާފައި ވާއިރު، މި ހުރިހާ އެހީތަކުގެވެސް ބޮޑު ބައެއް ދަނީ ޔަމަނަށެވެ. މި ރޯދަ މަހާއި ދިމާކޮށް އެހީގެ ތަކެތި ނުލިބުމުން ޔަމަނުގެ އެތައް ރައްޔިތުންނެއް ހާލުގައި ޖެހޭނެއެވެ.