އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް އެރި ވަރުގަދަ ތޫފާނެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި މި ތޫފާން އަރާފައިވަނީ އެމެރިކާގެ އޮކަހާމާ އާއި ޓެކްސަސްގެ އިތުރު ލޫސިއާނާއަށެވެ. ފާއިތުވެދިޔަ ދެ ދުވަހު މި ސަރަޙައްދުތަކަށް ތޫފާން އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މިހާތަނަށް ހަތް މީހަކު މަރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ވާގޮތުގައި މި ތޫފާނުގައި 30 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ. އަދި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށްފަހު ލައްކައަކަށްވުރެ ގިނަ ގެތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ތޫފާނާއި ގުޅޭގޮތުން އެމެރިކާގެ ނޭޝަނަލް ވެދާ ސާވިސް (އެންޑަބްލިއުއެސް) އިން ބުނެފައި ވަނީ، މި ނުރައްކާތެރި ތޫފާން އެރި ވަގުތު ނަގޫރޯޅިތަކެއްވެސް އުފެދުނު ކަމަށާއި، ތޫފާނުގައި އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނެފައިވާގޮތުގައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ތޫފާނުގެ އަސަރު އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް ކުރާނެއެވެ.

މިދިޔަ ބުދަ ދުވަހު ތޫފާން އެރި މި ސަރަޙައްދުތަކަށް މި މަހުގެ ކުރީކޮޅުވެސް ވަރުގަދަ ނަގޫރޯޅިއެއް އަރައި 26 މީހަކު މަރުވެފައި ވެއެވެ. މިއާއެކު ނަގޫރޯޅިތަކުގައި މިއަހަރު އެމެރިކާއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 74 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނާ

    މިވެސް ވޯޓުންމަކަރުހަދައިގެން ވެރިކަމައް މީހަކުއަރާފަ ހުރި ގައުމެއް ޓުރަންޕައްވެސް މިހާރު ހުންނާނީވިސްނިފަކަމައް ހީިކުރަން..

    11
    2
  2. ނަން

    މައިތިރި ވެއްޖެ ދޯ ހަރުކަށީންތައް؟

    9
    1
  3. ހާފިޒް އަބުދުލް ގަނީ

    ތިކަހަލަ ރައީސުން ނަށް ރަގަޅުފިލާވަލެއް ކަމައް ހީކުރަން މުސްލިމުންނައް ޖެސުންކުރަންޏާ ލިބޭނީ ތިކަހަލަ ހަދިޔާ