އެމެރިކާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެ ގައުމުގެ ސިއްރު މައުލޫމާތުތައް ހޯދަން އުޅޭކަމުގެ ތުހުމަތު އެގައުމުން ޗައިނާ އަށް ކޮށްފިއެވެ.

އެމެރިކާގެ އެތަކެއް ޔުނިވާސިޓީތަކަކާއި، ސަރުކާރުގެ މުވައްސަސާ ތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީ ކުންފުނިތަކުގެ އިތުރުން ބަޔޮޓެކް ކުންފުނިތަކަކުން ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅުގައި އެފަދަ ހުރިހާ ތަނަކަށް ސައިބާ ހަމަލާތައް ލިބެމުން އަންނަކަމަށް އެމެރިކާގެ ޑިޕާޓްމެންޓު އޮފް ހެލްތު އެންޑް ހިއުމަން ސާވިވަސް އިން ވަނީ ހާމަކޮށްފައެވެ.

އެފަރާތުން ބުނެފައި ވަނީ މި ދުވަސްވަރު އެފަދަ ހަމަލާތައް ލިބެމުން ދަނީ މުޅިންވެސް ސިއްހީ ކަންކަމާއި ގުޅިފައިވާ ތަންތަނަށް ކަމަށާއި، މިއީ ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ މައުލޫމާތު ވަގަށް ނެގުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.

އެމެރިކާ އިން މިކަމުގެ ތުހުމަތު ކުރަނީ ރަޝިޔާ އާއި ޗައިނާ އަށެވެ. އެއީ މި ދަނޑިވަޅުގައި މިހައި ވަރުގަދަ ހަމަލާތަކެއް ދެވޭނީ އެ ދެގައުމަށް ކަމަށް ބެލެވޭތީއެވެ. ނަމަވެސް ރަޝިޔާ އަށް ވުރެންވެސް ބޮޑަަށް އެމެެރިކާ އިން އިނގިލިތައް ދިއްކުރަނީ ޗައިނާ އަށެވެ.

އެފަރާތްތަކުން އިތުރަށް ބުނެފައި ވަނީ މި ވަގުތުގައި އެންމެ އަގުހުރި އެއްޗަކަށް ވާނީ ކޮވިޑް-19ގެ ވެކްސިން ކަމަށާއި އެ އުފައްދައި، ފުޅާ ދާއިރާ އެއްގައި ވިއްކަން ފަށާ ގައުމަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާ

    އީރާން އަތުގައި ވެސް ތިހާބާރުހުންނާނެ..އެމަރިކާ އަށް އީރާނުގެ ހަގީގީ ފެންވަރެއްގެ އެނގިފައެއްނުވޭ...ބަލާބަލަ އެމީހުންގެ އެންމެ ޓެކްނޮލޮޖީ ކަލް އެޑްވާންސް ޖާސޫސީ ޑްރޯން އާރްކިއު170 ހެކްކޮށްލިގޮތް 2011ވަނަ އަހަރު..ދުނިޔެ އޮތީ ތަރިބުރާފަ

    20
  2. ގޮތްނޭގޭ ބާރު

    އީރާން އަތުގައި ވެސް ތިހާބާރުހުންނާނެ..އެމަރިކާ އަށް އީރާނުގެ ހަގީގީ ފެންވަރެއްގެ އެނގިފައެއްނުވޭ...ބަލާބަލަ އެމީހުންގެ އެންމެ ޓެކްނޮލޮޖީ ކަލް އެޑްވާންސް ޖާސޫސީ ޑްރޯން އާރްކިއު170 ހެކްކޮށްލިގޮތް 2011ވަނަ އަހަރު..ދުނިޔެ އޮތީ ތަރިބުރާފަ

    10
  3. ބޯކިބާ

    މުޅިދުނިޔެ ހެކްކުރަނީ އެމެރިކާއިން. އެންމެން އަތުގަ އެޕަލް ފޯނާއި ވިންޑޯސް. އެހުރިހާ މައުލޫމާތެއް ފުނިޖަހާފަ ރައްކާކުރަން ބޮޑު ސިޓީއެއްވަރު އިމާރާތެއް ހަދާފަ އެހެރީ. އެކަމަކު މިމީހުން އެހެންމީހުންގެ ވާހަކަ ދެއްކީމަ ނޫހުގަ ޖަހައިދެނީ.