ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކައަށް އަރައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ 200,719 ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިހާތަނަށް 2,873,645 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 823,306 މީހުންނެވެ.

މިއަދު މިހާތަނަށް 44,819 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދު މިހާތަނަށް 3,642 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން މިހާތަނަށް 52,914 މީހަކު ވަނީ މަރުވެފައެވެ. ދެން އެންމެ ގިނަ މީހުން މަރުވީ އިޓަލީންނެވެ. އިޓަލީން ވަނީ 26,384 މީހުން މަރުވެފައެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވާ ސްޕޭނުން މިހާތަނަށް 22,902 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ފާއިތުވި ދެހަފްތާ ދުވަސް ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑް-19 ޖެހިގެން ފުރަތަމަ އެއްލައްކަ މީހުން މަރުވީ 91 ދުވަހުންނެވެ. ނަމަވެސް އޭގެ 16 ދުވަސް ފަހުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ ދެލައްކަ އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން މިދަނީ ގިނަ ގައުމުތަކުން ބައްޔާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު