2015 ވަނަ އިންޑިޔާގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރުއްވުމުގެ ކުރިން އެޤައުމުގެ މިހާރުގެ ބޮޑުވަޒީރު މޯޑީވަނީ ވައުދެއް ވެވަޑައިގެންފައެވެ. އެއީ އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ 1000 ދުވަސްތެރޭ އިންޑިޔާގެ ހުރިހާ އަވަށަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މޯޑީވަނީ އެވަޢުދުފުޅާ އެއްގޮތަށް ކަންތައް ކުރައްވަވާ އިންޑިޔާގެ ހުރިހާ އަވަށަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފައެވެ. އިންޑިޔާގައި 597,464 މީހުން ދިރިއުޅޭ އަވަށް އޮންނައިރު، މީގެ ތެރެއިން ކޮންމެ އަވަށެއްގެ ސުކޫލުތަކުގަޔާއި ހަސްފަތާލުފަދަ ތަންތާގައި ކަރަންޓްގެ ޚިދުމަތް އޮންނާނެކަމަށް އިންޑިޔާގެ ސަރުކާރާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެއެވެ.

އިންޑިޔާގެ ހުރިހާ އަވަށަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވުމާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރުވަނީ ޓުވީޓެއް ކުރައްވާފައެވެ. މިޓުވީޓްގައި މޯޑީ ވިދާޅުވެފައިވަނީ މިއީ އިންޑިޔާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިންޑިޔާގެ އަވަށްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިންނަމަވެސް ކަރަންޓްގެ ޚިދުމަތް ގިނަ އަވަށްތަކުގައި ލިބެނީ އެންމެ 10 އިންސައްތަ ގެތަކަށެވެ.