ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤައުމުތަކަށް އިންޑިއާގެ ސިއްޙީ އެހީތެރިން ފޮނުވިނަމަވެސް، މި ބަލިމަޑުކަމާއި ގުޅޭ މަސައްކަތަކަތްތަކަށް އެހެން ޤައުމަކަށް ސިފައިން ނުފޮނުވާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާއިން މިގޮތަށް ބުނެފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެޤައުމުގެ ސިފައިން އެހެން ޤައުމުތަކަށް ފޮނުވަން އުޅޭކަމަށް ބުނާ ޚަބަރުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކޮށެވެ.
މިކަމާއި ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު، އަނޫރާގް ސްރީވަތްސަވާ ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ސިފައިން އެހެން ޤައުމުތަކަށް ފޮނުވަން އުޅޭކަމަށް ބުނެ ފަތުރާ ޚަބަރުތަކަކީ ހަޤީޤަތެއް ނޫން ކަމަށާއި، މިހާތަނަށް އެގޮތުން ސިފައިން ފޮނުވާފައި ނުވާނެ ކަމަށެވެ.
ނަމަވެސް މި ހާލަތުގައި ޤައުމުތަކުން އެދިއްޖެ ނަމަ ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ސިއްޙީ އެހީތެރިން އިންޑިއާއިން ޤައުމުތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށާއި، މީގެ ކުރިން ރާއްޖެ އާއި ކުވެއިތައްވެސް ސިއްޙީ އޮފިޝަލުން އިންޑިއާއިން ފޮނުވާފައިވާ ކަމަށް އަނޫރާގް ވިދާޅުވިއެވެ.
އަނޫރާގް ވިދާޅުވީ، އެކުވެރި އެހެން ޤައުމުތަކަށްވެސް އިންޑިއާގެ ސިއްޙީ އެހީތެރިން ފޮނުވަން އެޤައުމު އޮތީ ތައްޔާރަށް ކަމަށެވެ.
އިންޑިއާއިން މިގޮތަށް ބުނެފައި ވާއިރު، ދާދި ފަހުން އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 އާއި ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ ސިފައިން އެޤައުމަށް ފޮނުވަން އުޅޭކަމުގެ ޚަބަރުތައް ނޫސްތަކުގައި އާންމުކޮށްފައި ވެއެވެ. އެކަމާއި ގުޅިގެން ލަންކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެޤައުމުގެ ސިފައިން ތިބީ މިފަދަ ހާލަތަކަށް ތައްޔާރަށް ކަމަށެވެ.
ލަންކާއަށް ބޭރުގެ ސިފައިން ގެންދަން އުޅޭކަމުގެ ޚަބަރާއި ގުޅިގެން އެޤައުމުގެ ޑިފެންސް ސެކްރެޓަރީ، ކަމާލް ގުނަރަތްނެ ވިދާޅުވެފައި ވަނީ، ލަންކާގެ އަސްކަރިއްޔާ އިން މި ހާލަތުގައި އަމަލު ކުރަމުން ގެންދަނީ ޕްރޮފެޝަނަލްކަމާއެކު ކަމަށާއި، އެކަން ފާއިތުވެދިޔަ ދުވަސްތަކުގައި ހާމަވެފައިވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން އެހެން ޤައުމަކަށް ސިއްޙީ އެހީތެރިން ފޮނުވިނަމަވެސް ސިފައިން ނުފޮނުވާނެ ކަމަށް ބުނެފައި ވާއިރު، އެޤައުމަކީ މި ސަރަޙައްދުން ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ.
އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގައި މި ވައިރަސް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، މިހާތަނަށް އެޤައުމުގެ ޖުމްލަ 26283 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އޭގެތެރެއިން މިހާތަނަށް 825 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 5939 މީހެކެވެ.
ފުނުވާނީ ...މެޑިކަލް ސިފައިން
މެޑިކަލް އޭކޭ 47 އާ އެކު.......... އަދި މެޑިކަލް ބާ ދަބަރަށް ގޮސްފައިވާ ހެލިކޮޕްޓަރާއެކު!
އާން! ނުފޮނުވާނެއެވެ. ފޮނުވާނީ ހެލިކޮޕްޓަރަކާއި މަނަވަރަކެވެ. ދެން އެބަލަހަށްޓަން އައްޑޫއިން ބޮޑުތަނެއްގައި ބޭސްއެއޮތީ އަޅާފައެވެ. ދެން މިގައުމަށް ކޮރޯނާޖައްސާ ދިވެހިމަދު އާބާދީ ފޮހެލާފައި އިންޑިޔާގެ އޮށްއިންދާނީއެވެ. އެއަށްފަހު އިބޫއާއިނަޝީދު ބޭރުގަ ވަޒަންވެރިވާނީއެވެ.
އެއަށްފަހު އިބޫއާއިނަޝީދު ބޭރުގަ ވަޒަންވެރިވާނީއެވެ. ވަޒަންވެރިއެއް ނުކުރާނެ، އެދެ މީހުން ކަނޑުފައްތާނީ. ތާރީޚު އިޢާދަވާނެ!
އެހެންތޭ ދެން ކޮންއިސްތައްޓެއް މިތަނައް ފޮނުވަނީ ތިޔަ ގެ ރިތަކެއްތަ މިތަނައްފޮނުވާފަ އެތިބީ
ހެޔޮފޮނުވިޔަސް ކޯޗެއްތަ މިތަނުން ޖާސޫސް ކުރެވޭނީ ބޮޑުމީހާ އޮތީ ޖަލުގަ ދެންއުޅޭ ސިޔާސީ މީހުން ދުލުގަ ފޮޅުނަގާފަވީ