ސީރިޔާގައި ބޮމުގެ ހަމަލާއެއްދީ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން 40 މީހަކު މަރާލައިފިއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި މި ހަމަލާ ދީފައިވަނީ ސީރިޔާގެ އުތުރުގެ ސަރަޙައްދެއްގައި އޮންނަ އަފްރީން ނަމަކަށްކިޔާ އަވަށެއްގައެވެ. މި ހަމަލާގައި 11 ކުޑަކުއްޖަކުވެސް މަރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މި ހަމަލާ އާއި ގުޅިގެން ތުރުކީގެ ޑިފެންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ، ހަމަލާ ދިނީ އަފްރީންގެ ކާރޫބާރުބޮޑު ސަރަޙައްދެއްގައި އޮތް ތެޔޮ ޓޭންކެއްގައި ގޮވާތަކެތި ހަރުކޮށްގެން ކަމަށެވެ. އަދި ހަމަލާދިން ވަގުތަކީ އެ ސަރަޙައްދުގައި އާންމުންގެ ގިނަ ބަޔަކު އުޅެމުންދިޔަ ވަގުތެއް ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި މި ހަމަލާ ދީފައި ވަނީ ސީރިޔާގައި ހަރަކާތްތެރިވަމުން ދިޔަ ކުރުދީ ހަނގުރާމަވެރިންގެ ގްރޫޕަކުންނެވެ. މިއީ އެޤައުމުގައި މީގެ ކުރިންވެސް މިފަދަ ނިރުބަވެރި ހަމަލާތައް ދީފައިވާ ހައްދުފަހަނައެޅި ޖަމާޢަތެކެވެ. މި ހަމަލާ ދިނީ އެ ޖަމާޢަތުން ކަމަށް ތުރުކީން ތުހުމަތު ކުރި ނަމަވެސް އެ ޖަމާޢަތުން ހަމަލާގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ.

މިއަދު ހަމަލާދިން އަފްރީން އަވަށަކީ މީގެ ކުރިން ކުރުދީންގެ ބާރުގެ ދަށުގައި އޮތް އަވަށެކެވެ. މި އަވަށް ސީރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ 2018 ވަނަ އަހަރު އެޤައުމުގެ ސިފައިންނާއި ތުރުކީ އަސްކަރިއްޔާ އިން ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި، ވަރުގަދަ ކުރިމަތިލުންތަކަށް ފަހު އެވެ.

މިއަދު އަފްރީންގައި ދިން ބޮމުގެ ހަމަލާއަކީ މި އަވަށުގައި ކުރުދީންގެ ބާރު ކެނޑުނުފަހުން ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މީގެ ކުރިން އެ އަވަށަށް ދިން މިފަދަ ހަމަލާތަކުގައި ވެސް ގިނަ އަދަދެއްގެ އާންމުން މަރާލާފައި ވާއިރު، ކުރުދީން ބުނަމުންދަނީ ހަމަލާތައް އަމާޒުކުރަނީ އާންމުންނަށް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯލްޑިވިޔަން

    މުސްލިމުން ދޯ؟؟؟؟؟

    2
    3
  2. ??

    ހެޔޮނުވާނެ
    މިއޮއްފަދަ ބަރަކާތްތެރި މަހުގަވިއްޔާ

    10
  3. ސަހީ

    ރަހުމުގެ ކަންފުޅެއްވެސް ނެެެެެެެތީބާ
    ކުޑަ ކުދިންވިއްޔާ

  4. Anonymous

    ސުލްހަވެރިދީން