ޔަމަނުގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެއްޖެއެވެ.

އެ ބަލި ޖެހިގެން ދެ މީހުން މަރުވެފައި ވާއިރު މިއީ އެ ބަލީގައި ޔަމަންގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ބުދަ ދުވަހު ޔަމަންގެ މީޑިއާ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ވަނީ އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި ފަސް މީހުން ފެނިފައިވާކަން ހާމަކުރައްވާފައެވެ.

އދ. އިން ވަނީ ޔަމަން އަކީ އެކަށީގެންވާ ސިއްހީ ވަސީލަތްތައް ނެތް ޤައުމަކަށް ވުމާއި އެކު އެގައުމަކީ ބަލި ފެތުރުމުގެ ބިރު ވަރަށް ބޮޑު ގައުމެއްކަމަށް ފާހަގަކުރައްވާފައެވެ. ޔަމަންގެ ދެކުނުގެ ހިސާބުތަކުން ކޮވިޑް-19 ފެނިފައިވާއިރު، ތިން ދުވަހުގެ މުއްދަތަށް 24 ގަޑި އިރުގެ ކާފިއުއެއް ވަނީ އިއުލާންކޮށްފައެވެ.

މީގެ ކުރިން ޔަމަން އިން ފެނުނީ ކޮވިޑް-19 އަށް ފައްސިވ އެންމެ މީހެކެވެ. ބައިނަލްއަޤުވާމީ ސިއްހީ އޮފިޝަލުން ވަނީ ޔަމަންގެ އާބާދީގެ ބޮޑު ބަޔަށް އެބަލި ފެތުރިއްޖެ ނަމަ އަސަރު ކުރާނެކަން ހާމަކުރައްވާފައެވެ. އަދި އެ ގައުމުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން، ސިއްހީ ނިޒާމްް ހަލާކުވެފައިވާތީ ބަލި ޖެހޭ މީހުން ދެނެގަންނަން ވަރަށް އުނދަނގޫ ކަން އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.

އަންގާރަ ދުވަހު ޔޫއެންއިން ވަނީ މިހާރުވެސް ބަލި ނުފެނުނުކަމަށް ވީނަމަވެސް ޔަމަންގައި އެބަލި މުޖުތަމައު ތެރޭގައި ފެތުރިފައިވުމަކީ އެކަށީގެންވާ ކަމެއްކަން ހާމަކުރައްވާފައެވެ.

ޔަމަންގައި 3.5 މިލިއަނެއްހާ މީހުންނަކީ ރެފިއުޖީންގެ ގޮތުގައި ޔޫއެންގެ އެހީއަށް ބަރޯސާވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޔަމަނުގެ ތިބި މުސްލިމުން އަހުން ރައްކާތެރި ކުރައްވާކުއްވާ ފާންދޭއެވެ. އާމީން

    10