ބިމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ގައުމު ކަމުގައިވާ ރަޝިޔާގައި ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 100،000 އަށް ވުރެން މައްޗައް އަރައިފިއެވެ.

މިއަދު މުޅިން އަލަށް އެ ގައުމުން 7،099 މީހަކު ފައްސިވެފައި ވާއިރު، މިއީ އެ ގައުމުގައި ވައިރަސް ފެތުރެން ފެށި ފަހުން އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި ދުވަސްކަން ފާހަގަކޮށްލެވެއެވެ. މިހާރު އެ ގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 106،498 އަށް މައްޗައް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 1،073 އަށް އަރާފައެވެ.

މި ހަފްތާ ތެރޭގައި ރަޝިޔާ އިން ޗައިނާ އާއި އީރާނުވެސް ފަހަތަށް ޖައްސާލިއިރު، މިހާރު ރަޝިޔާ އަކީ މުޅި ދުނިޔެ އިންވެސް 8 ވަނަ އަށް އެންމެ ގަދައަށް ވައިރަސް ފެތުރެމުން ގެންދާ ގައުމުކަން ފާހަގަކޮށްލެވެއެވެ.

ރަޝިޔާގެ ރައީސް ޕޫޓިން ހޯމަ ދުވަހު ބުނެފައި ވަނީ އެ ގައުމު އަދި ޕީކަށް ނާރާ ކަމަށާއި، ނަމަވެސް ގައުމު މިހާރު އޮތް ފުރަބަންދުގެ ހާލަތު މަޑުމަޑުން ލުއި ކުރުމުގެ މަސައްކަތް މީގެ ދެ ހަފްތާ ފަހުން ފެށިގެން ދާނެ ކަމަށެވެ.

މިހާރު މުޅި ދުނިޔެއިން 3 މިލިއަނަށް ވުރެން ގިނަ މީހުން ވައިރަހަށް ފައްސިވެފައި ވާއިރު، 228،520 މީހަކި ވަނީ މަރުވެފައެވެ. އަދި 1 މިލިއަނަށް ވުރެން ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނޭ

    11 މީހުން ކީއްވެދެން މި ދަނޑިވަޅުގަ ގެނައީ...