އިންޑޮނޭޝިޔާގައި 32 އަހަރު ވަންދެން ވެރިކަން ކުރެއްވި މޮހަންމަދު ސުހާޓޯ އަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް ރައީސްގެ ލަގަބު އެރުވިފައިވާ ފަރާތެވެ.

އޭނާގެ ވެރިކަމުގައި އޭނާ 35 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާކަމަށް ލަފާކުރެވިފައިވާއިރު މިއީ ދެން ދުނިޔޭގެ އެފަދަ އެހެން ކޮރަޕްޓް ވެރިންނާއި އަޅާކިޔާއިރު އެތައް ގުނަ ބޮޑު އަދަދެކެވެ. އެގޮތުން ފިލިޕީންސްގެ ފާރޑިނެންޑް މާކޮސް އަދި ނައިޖީރިއާގެ ސަނި އަބަޗާ ފަދަ ފަރާތްތަކުގެ ކޮރަޕްޝަންގެ ފައިސާގެ އަދަދާއި ސުހާޓޯގެ ފައިސާގެ އަދަދާއިވެސް އެތައް ބިލިއަން ޑޮލަރުގެ ތަފާތެއް އުޅެއެވެ.

ސުހާޓޯގެ އިދިކޮޅު ފަރާތްތަކުން ސުހާޓޯގެ ސިޔާސަތްތަކަށްވަނީ މަކަރާއި ހީލަތާއި، އޮޅުވާލުމާއި، ކޮރަޕްޝަންގެ ނަމުން ނަން ދީފައެވެ. ސުހާޓޯގެ ވެރިކަމުގައި ސަރުކާރުގެ ބޮޑެތި މަގާމުތަކަށާއި ބޮޑެތި ވިޔަފާރިތަކުގެ އިސް މަގާމުތަކަށް ނުފޫޒުގެ ބޭނުންކޮށްގެން ވަނީ އޭނާގެ އާއިލާގެ މެންބަރުން އައްޔަނުކޮށްފައެވެ.

އޭގެ ބަދަލުގައި އެ ފަރާތްތަކުން ވަނީ މިލިއަނުން މިލިއަނުން ސުހާޓޯއަށް ފައިސާ ފޮނުވައިފައެވެ. ފައިސާއާއި ބެހޭ އެކި މުއައްސަސާތަކުންވެސް ކޮންމެވެސް ވަރެއްގެ އަދަދެއް ދެއްކުމަށް އެންގިގެންދިޔައިރު އިންޑޮނޭޝިޔާގެ މުއްސަނދި ރައްޔިތުންވެސް ދިޔައީ ބޮޑެތި ފައިސާގެ އަދަދު ދައްކަމުންނެވެ. އެ ހުރިހާ ފައިސާއެއްވެސް އައިސްފައިވަނީ ހިލޭސާބަހަށް ދޭ އެހީއެއްގެ ގޮތުގައި އަދި ހަދިޔާތަކެއްގެ ނަމުގައެވެ.

އަދި އެގައުމުގެ ވިޔަފާރިތަކަށް ވެސް ވަނީ ސުހާޓޯގެ އާއިލާއާއި ގުޅުން ހުރި ވިޔަފާރިތަކާއި މުއާމަލާތްކުރަން މަޖުބޫރުކުރުވައިފައެވެ. ސުހާޓޯ އާއިލާއާއި ގުޅުން ހުރި ވިޔަފާރިތަކަށް އިންޑޮނޭޝިޔާގެ ބޭންކުތަކުން ބޮޑެތި ލޯނުތައް ނަގައި އަބުރާ އެ ފައިސާ ނުދައްކައިވެސް ތިބެވެއެވެ.

ސުހާޓޯއާއި ދެކޮޅަށް ދައުވާ ކުރުމަށް އެތައް އަހަރުތަކެއް މަތިން އިންޑޮނޭޝިޔާގައި ވަނީ މަސައްކަތްކުރެވިފައެވެ. އެހެންނަމަވެސް އޭނާގެ ޑޮކްޓަރުން ވަނީ ސުހާޓޯގެ ހުރި ސިކުނޑީގެ ނުރައްކާތެރި ބައްޔެއްގެ ސަބަބުން އޭނާއާއި ދެކޮޅަށް ދައުވާ ކުރުމަކީ އެދެވޭ ކަމެއް ނޫންކަމުގައި ބުނެފައެވެ.

ސުހާޓޯގެ އާއިލާއިންވެސް ވަނީ ކޮރަޕްޝަންގެ މައްސަލަތަކަށް ވަރުގަދަޔަށް އިންކާރުކޮށްފައެވެ. އެންމެ ފަހުން ސުހާޓޯ 2008 ވަނަ އަހަރު މަރުވެގެންދިޔައިރު އޭނާއާއި ދެކޮޅަށް އުފުލުނު ތުހުމަތުތައް އޭނާގެ ދަރިންގެ މައްޗަށް ވަނީ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާަިގަހުވަ

    ޙުސް ޔާނު ހަމަ

    • ޙަމޭ

      ޙުސް އަންނި. ސިއުނަ އަށް 2 ރަށެއް .އަނެކަކައް އަނެއް ރައް.މިހެން ގޮސް ގަންޖާ ޜައްތައް ވިއްކާލައިފި.

    • ބޮއްބޮ

      ނަންވާނީ ޔާނު. އެކަމަކު ރީނދޫ ކެރަފާ ނަޝީދު ގައުމުގެ މާލިއްޔާ ދަވާލާފަ ގައުމުގެ މުއްސަނދިކަމާ ގައުމުގެ މައިދޮރޯށި ވިއްކާލައިގެން އަންބޮނޑި އަށް ޑޮލަރު އަޅާލިކަމެއް ނޭނގޭ....!!!

  2. އަހުމަދު

    ރަން 30 އަހަރުގެ ބާނީ ކިހާވަރެއް ބަނޑުފުޅު އެޅުއްވިތޯ؟ 300 ބިލިއަންކަމައްވެސް ވެދާނެ.

    • Anonymous

      އެބުނާހެން ރާއްޖެ މާކަޑައެއްނު ނެގިވަރު ބެލޭނެ އެއްވެސް ގޮތެއްނެތް.

  3. އަލްޖިބްރާ

    މިރާއްޖޭގައި މިހާރު ވެރިކަމަށްސަވާރުވެ ތިބިމީހުން އަގަވަތަށް ވެއްޓޭއިރު ތިޔައަދަދު އެކައްޗަކަށްވެސް ނުވާނެ !

  4. ޢަލިބެ

    މައުމޫނުގެ އެއްމެ ގާތުގައި ހުރި އެކަކުތީ....

  5. މަނާމް

    މިޤައުމުގައި މިހުރި މީހާއަށްވުރެ މީހަކު ކޮރަޮޕްޓް އޭވަގުތުގައި މިލިޔުނީ ކޮންބަޔަކަށް އޮޅުވާލަންބާ؟؟؟

    • ތުމްސޭ

      މަނާމް ކަލެއަށް އޮޅުވައިލަން ވެގެން ލިޔުނު އެއްޗެއް. ✌

  6. ގސހަޖ

    ކޮރަޕްޓް ރައީސުންގެ ލިސްޓެއް ހަދާލަން ފެނޭ ވަގުތު އިން...ހެހެ

  7. އަޒްލީފާ

    ކުދީންނޭ.. ސުހާޓޯ ނުވާނެ އެއްޗަކައް މީތާއީން އީކޮނޮމީސްޓު ފައީބާއީރު..