ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކާ ޖަޕާންގެ ވެރިކަންކުރާ ޓޯކިޔޯއަށް ބޮޑުވެ، އެ ސިޓީގެ ހޮސްޕިޓަލްތަކުގައި ކޮވިޑް-19 ފަރުވާ ކުރުމަށް ޚާއްސަކުރެވިފައިވާ އެނދުތައް ފުރި، އިތުރު ކަންބޮޑުވުންތަކަކާއި ކުރިމަތިވެފައިވާ ކަމަށް ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކޮށް ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ޓޯކިޔޯގައި ކޮވިޑް-19 ޖެހިގެން ފަރުވާދޭ މީހުންނަށް ޚާއްސަކޮށްގެން ދެހާސް އެނދު ޤާއިމްކޮށްފައިވާއިރު، އޭގެތެރެއިން 90 އިންސައްތަ އެނދު މިހާރު ބޭނުންކުރަމުންދާ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ޓޯކިޔޯއަކީ ކޮވިޑް-19ގެ ނުރައްކާ ޖަޕާނުން އެންމެ ބޮޑު އެއް ސިޓީ ކަމަށް ވާއިރު، އެ ސިޓީގައި ބަލި ފެތުރޭ މިންވަރު އިތުރުވެ، މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެނދު އިތުރުކޮށްގެން މެނުވީ ކުރިޔަށް އޮތް ތަނުގައި އެ ސިޓީން މި ބައްޔަށް ފަރުވާދެވޭނެ ގޮތެއް ނެތް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، މިކަމާއި ގުޅިގެން ޓޯކިޔޯގައި ކޮވިޑް-19 ގެ ބަލިމަޑުކަމަށް ހުށަހެޅި އެނދުމަތިކުރަންޖެހޭ ހަތަރު ހާސް މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް އެ ސިޓީގައި ޤާއިމްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިހާތަނަށް ޖަޕާނުން 16000 އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން ފަސްހާހެއްހައި މީހުން ފައްސިވެފައި ވަނީ ޓޯކިޔޯގައެވެ. އެހެންކަމުން ޖަޕާނުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ސިޓީއަކަށް ވެފައި ވަނީވެސް ޓޯކިޔޯއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަޕާނުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 5906 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެޤައުމުގައި 287 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.