އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ނިރުބަވެރިން ހިންގަމުންދާ ޖަމާޢަތުން ރަހީނުކޮށް މަރާލާފައިވާ މީހުންގެ ހަށިތައް އުކަން ބޭނުންކުރި ފުން ހޮހޮޅައެއް ސީރިޔާގެ ފަރުބަދަމަތީ ސަރަޙައްދަކުން ހޯދައިފިއެވެ.

ސީރިޔާގެ އަލް-ހޫތާ ހޮހޮޅައިގެ ނަމުން ނަންދެވިފައިވާ މި ހޮހޮޅައަށް އައިސިސް ހަނގުރާމަވެރިންގެ ޝިކާރައަކަށް ވެފައިވާ ގިނަ ބައެއްގެ ހަށިތައް އުކާފައިވާކަން ހާމަކޮށްފައި ވަނީ ހިއުމަން ރައިޓްސް ވޮޗްގެ ދިރާސާވެރިންނެވެ. އެފަރާތްތަކުން މި ހޮހޮޅައިގެ ހަޤީޤަތް ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ، 2014 ވަނަ އަހަރު އައިސިސް އިން ނެރުނު ވީޑިއޯއަކުން، މަރުވެފައިވާ މީހުންގެ ހަށިތައް އެ ހޮހޮޅައަށް އުކާ މަންޒަރު ފެނުމުންނެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވާ ގޮތުގައި އައިސިސް އިން މަރާލާ މީހުންގެ ހަށިތައް އުކާލުމަށް މި ހޮހޮޅަ ބޭނުންކުރަމުން ދިޔައީ، އެ ސަރަޙައްދުގައި އެ ޖަމާޢަތުގެ ބާރު އޮތް ދުވަސްވަރު އެވެ. އަދި އޭރު އެ ޖަމާޢަތުން ރަހީނުކޮށްފައިވާ ގިނަ ބައެއްގެ ހަށިތައް އެ ހޮހޮޅައިގައިވާނެ ކަމަށް އެފަރާތްތަކުން ޤަބޫލު ކުރެއެވެ.

މި ހޮހޮޅައިގައި ހުރި މީހުންގެ ހަށިތައް ނަގައި މިކަމާއި ގުޅޭ ތަހުޤީޤެއް ހިންގުމަށް ހިއުމަން ރައިޓްސް ވޮޗް އިން މިހާރު ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާފައި ވާއިރު، މީގެ ކުރިންވެސް އައިސިސް ހަނގުރާމަވެރިން މިގޮތަށް މީހުންގެ ހަށިތައް އުކަން ބޭނުންކުރި ސަރަޙައްދުތަކާއި ހޮހޮޅަތައް ފެނިފައި ވެއެވެ. ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވާ ގޮތުގައި މީގެ ކުރިން ހޯދި އެފަދަ 20 ތަނަކުން މަރުވެފައިވާ އެތައް ހާސް ބައެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

އަލް-ހޫތާ ހޮހޮޅައަކީ އައިސިސް އިން މީގެ ކުރިން ވެރިކަންކުރާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ސީރިޔާގެ ރައްޤާ އާއި 85 ކިލޯމީޓަރު ދުރުގައި އޮންނަ ހޮހޮޅައެކެވެ. މި ހޮހޮޅައަކީ ފުންމިނުގައި 164 ފޫޓު ހުންނަ ހޮހޮޅައެއް ކަމަށް ވެއެވެ. މި ހޮހޮޅަ އުފެދިފައި ހުންނަ ގޮތުން، އެތަނުގެ ތެރެއަށް ފޭބުމަކީ ރައްކާތެރިކަމެއް ނޫންކަމުން، އެތަނުގައި ތިބީ ކިތައް މީހުންގެ ހަށިތައްކަމެއް އަދި ހޯދިފައެއް ނުވެއެވެ.

އައިސިސް ޖަމާޢަތުން މީގެ ކުރިން ހުޅަނގު ސީރިޔާ އިން ފެށިގެން އިރާގުގެ އިރުމައްޗާއި ހަމައަށް ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކޮށްފައި ވެއެވެ. މި ޖަމާޢަތުން އެ ސަރަޙައްދުތަކަށް ވެރިވެގަނެ ބޮޑެތި ޤަތުލުއާންމުތަކާއި ނިރުބަވެރި ހަމަލާތައް އޭރު ހިންގަމުންދިޔަ ދުވަސްވަރު ކުށެއްނެތް އެތައް މީހުން މަރާލާފައި ވެއެވެ. ނަމަވެސް މި ޖަމާޢަތް ހިންގުމުގައި އިސްކޮށް އުޅުނު އިރާގަށް ނިސްބަތްވާ އަބޫބަކުރު އަލް-ބަޣްދާދީ ދާދިފަހުން ޖާނުންފިދާވެގެން މަރުވުމާއެކު އެ ޖަމާޢަތުގެ އަޑު ވަނީ ކެނޑެން ފަށާފައެވެ.

މީގެ ކުރިން އައިސިސްގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔައިރު، އެ ޖަމާޢަތުގެ ނުރައްކަލާއި ދުއްތުރާ ދުނިޔޭގެ އެތައް ޤައުމަކަށް ފޯރާފައި ވެއެވެ. މި ޖަމާޢަތުން ދީނުގެ ނަމުގައި ޖިހާދު ކުރުމަށް ކަމަށް ބުނެ އެތައް ބަޔަކަށް އަމިއްލައަށް މަރުވުމަށް ހިއްވަރުދީ، އަމިއްލަ ޖާނު ގޮއްވާލާ ހަމަލާތައް ދެމުން ގެންގޮސްފައިވާއިރު، މި ހަމަލާތަކުގައި ކުށެއްނެތް އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިން ވެސް މަރާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    އެމެރިކާ ޔޫރަޕާ ( އިނގިރޭސިންނާއި އޮސްޓްރޭލިއާ ކެނެޑާ ފުރާންސާއި ) ގުޅިގެންވެސް އެތައް ބަޔަކު އަމިއްލަ ގައުމުގައި ތިއްބާ ވައިގެ މަގުން ހަމަލާދީ ( މިލިޔަނުން ) އިރާގާ ސީރިޔާއާ ސޯމާކިޔާ އަފުގާނިސްތާނާ ލީބިޔާއާ ފަލަސްޠީނުންނާ މަރާލައިފައިވޭ. އޭގެތެރޭގައި އާމުންނާއި ސައްދާމް، ގައްޛާފީ އުސާމާބިން ލާދިން ސުލައިމާނީ ފަދަ ބޭފުޅުން ހިމެނެއެވެ. މިޢީވެސް ނިބުރަވެރި ޙަމަލާތަކެއް.
    ކުށެއްނެތް ބަޔަކު މެރުމަކީ ހުއްދަކަމެއް ނޫން

    88
    4
    • މޮޔައެނޮނިމަސް

      ތިކަަމާ މީ ހަކު ދެކޮޅު ހަދަނީތަ؟. އެކަމަކު މުސްލިމުން އެމަރަނީ ހަމަ މުސްލިމުން

      7
      1
    • ރޯނު

      އެމެރިކާ އިޒްރޭު އޮސްޓްރޭލިޔާ ފްރާންސް ކުރީމަ ނިކަން ގޯސްވާނެ. އައިސިސް ކުރީމަ ޖިހާދު

      8
      7
      • ވާނުވާ

        އަލްޤައިދާއާ އައިސިސް އަކީ ވެސް އެމެރިކާއާ ޔަހޫދީންގެ ލަޝްކަރުތަކެއް. އެމީހުންގެ އަސްލަށް ބެލީމަ އެނގޭނެ. މިއީވެސް އިސްލާމީ ޖަމާޢަތަކުން ކުރާނެ ކަމެއްނޫން. އިސްލާމީ މިކަހަލަ ޖަމާއަތެއް އޮންނަ ނަމަ އެންމެ ފުރަތަމަ ހަމަލާދޭނީ ޔަހޫދީންނަށް.

  2. ??

    ﷲ އައްބިރުވެތިވޭ
    މި ނޫންވެސް ދުވަހެއް އެބައޮތް ވަރައް ކައިރީގަ
    މިއޮއްފަދަ ރަމަޟާން މަ ހު އިސްލާމުން ތިހެން ހަދާނެބާ
    ކާފަރުންވެސް ތިހާ ރަހުމަ ކުޑަ ނުވާނެ

    9
    1
    • ބުރުގާ

      ނުވާނަން. ދިވެހި ބަހުން މިބުނީ

  3. ސޭހް

    ތީކީ އެހާބޮޑުކަމެއްނޫން ބިރުބޮޑީ މިނިވަންފިކުރު

  4. ކޮތަރު

    އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާއި ޔަހޫދީ އިސްރާއީލާއި އޮސްޓްރޭލިއާ ގުޅިގެން މުސްލިމުންނަށް ކުރަމުންދާ އަނިޔާ ތަކާއި އަދި މުސްލިމުންނާއި ދެކޮޅަށް ހިންގާ ޤަތުލު ޢާއްމުތަކުގެ ވާހަކަ ހިތަށް އެރިއަސް، ކިރިޔާ އިންސާނިއްޔަތު ކަމެއް ހުރިމީހެއްގެވެސް ހިތް ކުދިކުދިވާ ވަރުވޭ. އެކަމަކު މިމާތް އިސްލާމްދީނަށްޓަކައި ޖިހާދު ކުރުމުގެ ނަމުގައި ނުކުމެ ކުށެއްނެތް (މުސްލިމުންވެސް ހިމެނޭހެން) ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން އެއްވެސް ހައްގަކާނުލާ މަރަމުން ގެންދާ އަނިޔާވެރި އައިސިސް ގެ އަނިޔާވެރިކަމުގެ ޚަބަރަކާއި ގުޅުވައިގެން ކޮމެންޓް ކުރި ކޮމެންޓަކީ ހެޔޮ ނިޔަތެއްގައި ކުރި ކޮމެންޓެކޭ ނުބުނެވޭނެ. އައިސިސް ގެ ޖަރީމާ ތަކުގައި ގިނައިން މަރާފައި ވަނީވެސް މުސްލިމުން. މިމާތް ރަމަޟާން މަހުގައި އިއްޔެވެސް އަފްޣާނިސްތާން ގެ ހޮސްޕިޓަލަކަށް ހަމަލާދީ އެމަރާލީ ޅަފަތުގެ ތުއްތު ދެކުދިންނާއިވެސް އެކު އެތައް މުސްލިމުންނެއް. މީހަމަ ދީނަށްޓަކައި ކުރާ ޖިހާދުބާ؟

  5. ރޫހު

    ޝަހީދު ކޮށްލާފަ ދޯ<

  6. ވިސްނާ

    ފުރަތަމަ އައިއެސް ޖަމާޢަތް އުފެއްދީ ކޮންބައެއް؟ އެމަރިކާ އަދި ނޭޓޯ...މަގްސަދު؟ ސީރިޔާގެ ބައްޝާރު ވައްޓައި އެމީހުން ބޭނުންވާ ވެރިއެއް އައްޔަންކޮށް އެމީހުން ސީރިއާގެ ކޮންޓްރޯލް ކުރުމަށް...ސަބަބު؟ އީރާނައް ބިރުން އީރާންގެ ހަތިޔާރު ގާޒާގެ ހަމާސް އާއި ލުބުނާން ގެ ހިޒްބުﷲ ފޯރުވިޔަނުދިނުމަށް...ސަބަބު؟ އިސްރާއީލު ގެ ސަލާމަތައް

    2
    1
  7. ސައްޕޭ

    އިޒުރޭލާ އާއި އެމެރިކާ ބައިވެރިވެގެން އަރަބިކަރަ ފުޑާލަން އިސްލާމުންގެ ނަމުގައި ހެދި ޖަމާއަތެއް

    14
    • ވާނުވާ

      ކަށަވަރު ކަމެއް. ޤައުމުތަކުން އިސްލާމީވަންތަކަން ފުހެލަންވެސް ޓެރަރިޒަމޭކިޔައިގެން ކުށެއްނެތް މުސްލިމުންނަށް ބިރުދައްކަން ބޭނުންކުރަނީ ހަމަ އެފަދަ ނަންތައް. ޜާއްޖެވެސް އިސްތިސްނާއެއްނޫން.