އަވައްޓެރި އިންޑިއާގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަހެއްގެ ދަށުވި ހަ މީހަކު މަރުވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުގައި މި ހާދިސާގައި މަރުވި ހަ މީހުންނަކީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައި އޮތުމުން، އެމީހުން ނިސްބަތްވާ އަވަށްތަކަށް ހިނގާފައި ދިޔަ ބައެކެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ފުލުހުން ނޫސްތައް ބުނީ، މި މީހުން ހިނގާފައި ދިޔައީ ހަރިޔާނާ ޑިސްޓްރިކްޓުން އިންޑިއާގެ ބިހާރު ސްޓޭޓަށެވެ. މި އެންމެންނަކީވެސް ވަޒީފާތަކަށް ދުރު ހިސާބުތަކުން ހަރިޔާނާއަށް ހިޖުރަކޮށް ދިރިއުޅެމުންދިޔަ މީހުންނެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައި މިވަނީ، މިފަދައިން އިންޑިއާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް، ރެއިލް ދަތުރުކުރާ މަގަކުން ހިނގާފައި ދިޔަ ބަޔަކު ރޭލެއް ދަށުވެ މަރުވި ހާދިސާއަށް ހަފްތާއެއްވެސް ނުވަނީހެވެ. މިދިޔަ ހަފްތާގައި ހިނގި އެ ހާދިސާގައި 16 މީހަކު މަރުވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުރު ހިސާބުތަކަށް ހިޖުރަކޮށްގެން ވަޒީފާ އަދާކުރަމުންދާ ގިނަ ބަޔަކު، ވަޒީފާ ގެއްލިގެން އެޤައުމުގެ އެޤައުމުގެ އެކި ސްޓޭޓުތަކަށް ދަތުރުކުރަމުން ދެއެވެ. ފައިމަގުގައި ގިނަ ބަޔަކު މި ދަތުރު ކުރަމުން ދަނީ، ވަޒީފާ ގެއްލިފައިވުމާއެކު ފައިސާ ނެތިގެންނެވެ. މި ހާލަތުގައި ވެސް އިންޑިއާގެ އާންމު ދަތުރުފަތުރުތަކުން ފައިސާ ނަގާތީ ގިނަ ބަޔަކު މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

އިންޑިއާއަކީ ކޮވިޑް-19 ގެ ނުރައްކާ މި ސަރަޙައްދުން އެންމެ ބޮޑުވެފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 81,990 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2,649 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުގައި ބަލީގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ފުރަބަންދުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ މެދެއްހާ ހިސާބުގައެވެ. ނަމަވެސް އެޤައުމުގައި ގިނަ ބަޔަކު ދަނީ ފުރަބަންދުގެ އެންގުންތަކާއި ޚިލާފުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭޗާރާ

    މީ ކިހިނަކުންވީ ކަމެއް ބާ؟ ދަށުގައިވީ ބަސް، މަރުވީ އިންސާނުން؟

  2. ކޮތަރު

    ތިޔައީ އެއްމެ ބަހެއްތާ. އަހަރުމެން މިއުޅެނީ އެއްފަހަރާ ބަސް ތަކެއްގެ ދަށުވެގެން. އެއީ ފައްސި، ނައްސި، ވޭދަނަ، ސުންކު، ތަކަތުވާ-19 މިބަސްތަކުން ސަލާމަތްވާނެ ގޮތެއްވެސް ނޭނގޭ.

  3. ގޮށްވަޅު

    އަވަހަށް ފާކުކޮފާހުރި ސައިކަލު ތަކުގެ ވެރިން ހަޔަރުކުރޭ