އިންޑިއާގެ ވެރިކަން ކުރާ ސިޓީ ދިއްލީއަށް އަނެއްކާވެސް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.

މިއީ އެއް މަސް ތެރޭގައި އެ ސިޓީއަށް އައި ހަތަރު ވަނަ ބިންހެލުމެވެ. އަދި މެއި މަސް ތެރޭގައި އައި ދެ ވަނަ ބިންހެލުމެވެ.

މިއަދު ދިއްލީއަށް އައީ ބާރުދަށް ކުޑަ ބިންހެލުމެކެވެ. 2.2 މެގްނެޓިއުޑްގައި އެ ބިންހެލުން އަައިސްފައި ވަނީ ދިއްލީގެ ޕިޓަމްޕުރާ ސަރަހައްދަށެެވެ.

މި ބިންހެލުމުގެ އަސަރު އެއްވެސް ބަޔަކަށް ކުރި ކަމެއް ނުވަތަ ނޫން ކަމެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ދަ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީ (ނީސީއެސް)އިން ބުނީ، 2.2 މެގްނެޓިއުޑް ގައި އެ ބިންހެލުން އައިސްފައި ވަނީ ދިއްލީ ބިމުގެ 13 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު 11:28 ހާއިރުއެވެ.

މި މަހުގެ ކުރީ ކޮޅު ދިއްލީއަށް އައީ 3.4 މެގްނެޓިއުޑްގެ ބިންހެލުމެކެެވެ. އެ ބިންހެލުން އައިސްފައި ވަނީ ވަޒިިރްޕޫރަށް ކަމަށް ވެއެވެ. އަދި އެއީ އޭޕްރިލް 12 ވަނަ އަދި 13 ވަނަ ދުވަހު ވެސް ބިންހެލުން އައި ސަރަހައްދު ކަަމަށް ވެއެވެ.

އިންޑިއާގެ ސަރަޙައްދުތަކަށް ކުދިކުދި ބިންހެލުންތައް އާދެއެވެ. އެހެންނަމަވެސް އެ ބިންހެލުންތަކުގައި މާބޮޑެތި ގެއްލުންތަކެއް އެ ގައުމަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަންސާރު

    ﷲއަކްބަރް

    12
    • މޯލްޑިވިޔަން

      އެއީ.؟؟؟؟؟.ބިންހެލުން ނައިނަމަ؟؟؟؟؟؟