އެމެރިކާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. މި ބިންހެލުން އައިސްފައި ވަނީ އެޤައުމުގެ ހުޅަނގުގައި އޮންނަ ނެވާޑާ ސްޓޭޓަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި، ނެވާޑާއަށް މިއަދު އިރުއޮއްސުނުއިރު އައި މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 6.5 އަށް އަރައެވެ. މި ބިންހެލުމުގެ ބާރުމިނާއި ގުޅިގެން ކެލެފޯނިއާއަށްވެސް ބިންހެލުން އިހުސާސް ކުރެވިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ނެވާޑާ ސަރަޙައްދުގެ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމަށްފަހު ނެވާޑާއަށް ގިނަ ލޮޅުންތައް (އާފްޓަޝޮކް) އަންނަމުންދެއެވެ. އިދާރާތަކުން ނެރެފައިވާ މަޢުލޫމާތަށް ބަލާއިރު، ފާއިތުވެދިޔަ ދެގަޑިއެއްހާއިރު ތެރޭ އެ ސަރަޙައްދަށް ވަނީ 50 އެއްހައި ލޮޅުން އައިސްފައެވެ.

މިއަދު ނެވާޑާއަށް އައި ބިންހެލުމާއި ގުޅިގެން އެ ސަރަޙައްދުގެ ގޭގެއާއި ބައެއް ތަންތަނަށް ގެއްލުން ވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ނަމަވެސް މިބިންހެލުމާއި ގުޅިގެން މީހަކަށް އަނިޔާއެއްވި ކަމެއް އަދި އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަހާންގީރު

    އަލްޙަމްދުލިﷲ

    4
    1
  2. ނަމްރު

    އަލްހަމްދުﷲ މުޅި އެމެރިކާ ކާފަރު ދައުލަތު ސުންނާފަތި ވަންދެކައް ފުލުފުލުގައި ބިންހެލުން ފޮނުއްވާ ބިރުވެރިކަމެއްގެތެރޭގައި އަބަދުލައްވާށި

    7
    3
  3. ސަޒަން

    ޢެމެރިކާ ހަލާކު ކުރައްވައި ދުނިޔެ ޔަހޫދީވަކިތަކުން ސަލާމައްކުރައްވާނދޭ ....އާމީން