ހަތިޔާރު އެޅި ބަޔަކު ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ އިލެކްޝަން ކޮމިޝަނަށް އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 16 މީހުން މަރާލައިފިއެވެ.

މިހަމަލާގައި 16 މީހުން މަރުވުމުގެ އިތުރުން 34 މީހުން ޒަހަމްވި ކަމަށާއި، ހަމަލާދިން ސަރަހައްދުން ކަޅު ދުން އަރާ މަންޒަރާއި ބަޑިޖަހާ އަޑުވެސް އިވުނު ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ހަމަލާގެ ޒިންމާ އައިއެސް އިން ނަގާފައިވާއިރު ލީބިޔާގައި ހުންނަ އދ.ގެ މިޝަން އިން ބުނެފައިވަނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި، މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ފަހުން ލީބިއާގައި ހަމަޖެހުން ގާއިމް ކުރެވިފައެއް ނުވެ އެވެ. މި ހަމަނުޖެހުންތަކާ އެކު އައިއެސްގެ ހަނގުރާމަވެރިންގެ ގްރޫޕްތައް ލީބިއާ އަށް ވަދެ އެ މީހުންގެ ބާރުގަދަ ކުރަން ވަނީ ފަށައިފަ އެވެ.

ހަތިޔާރު އެޅިމީހުން އިލެކްޝަން ކޮމިޝަންގެ އިމާރާތަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ސެކިއުރިޓީ ގާޑުން ވަނީ މަރާލާފައެވެ. އޭގެފަހުން އިމާރާތުގެ ތެރޭގައި ތިބި މީހުންގެ ގަޔަށް ވަނީ ބަޑިޖަހާފައެވެ.

ސަލާމަތީ ބާރުތަކާއި ހަތިޔާރު އެޅި މީހުނާއި ކުރިމަތިލުންތަކެއް ހިނގައި ލީބިއާގެ އިލެކްޝަން ކޮމިޝަނުގެ އިމާރާތުގައި ވަނީ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ލީބިޔާގެ ދާހިލީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ގައްޒާފީ އަވަހާރަކޮށްލާފައިވަނީ 20 އޮކްޓޯބަރ 2011 ގަ އެވެ. ލީބިއާގެ ވެރިކަމުން އޭރު ދުރުކޮށްފައި ހުރި ކާނަލް މުއައްމަރުލް ގައްޒާފީގެ އަވަހާރަކޮށްލީ އޭނާގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ރަށް ކަމަށްވާ އޭނާގެ އުފަން ރަށް، ސިރުތު ހިފަން އިދިކޮޅު ހަނގުރާމަވެރިން ހިންގި ހަރަކާތްތަކެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ޤައްޒާފީ ހަވަރަށްދީފަ ރައްޔިތުން ފިނިފެންމަލުގެ ދާންތަކުގައި އަރާމުކުރަނީ!!!! ޞައްދާމުޙުސައިން ހަވަރަށްދީފަ ޢިރާޤުރައްޔިތުން ހުވަނދުމަލުގެ ދާންތަކުގަ އަރާމުކުރަނީ!!!! ބައްސާރު ހަވަރަށްދީފަ ސީރިޔާރައްޔިތުން އުފަލުގައި ދިރިއުޅެނީ!!!!! ހުޅަގުގެ ފަނާކުރުވަނިވި ވިސްނުމުން މުސްލިމުން ޢިބްރަތް ލިބިގަންނާނީ ކޮންއިރަކުންބާވައެވެ؟

  2. ތާރީޚު ދިވެހި ރާއްޖެ.

    ތިޔޭ އެވެރިންއެބުނާ ޑިމޮކްރަސީ އަކީ!!!!

  3. ާވަތުބަތާނަ

    ތިއޮތީ ޑިމޮކްރަސީ ގެނެސްފައެއްނު. ދެން ތިކަހަލަ ޚަބަރު ގެންނާނެކަމެއްނެތް.