މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ހޯދަން ވަރަށް އުއްމީދާއި އެކު ކުރި މަސައްކަތުން ވެސް ނަތީޖާއެއް ނުނެރެވުނުކަން ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކުންފުނިން އިއުލާން ކޮށްފިއެވެ.

ކަނޑު އަޑި ބެލުމަށް ބޭނުންކުރެވޭ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު މަސައްކަތް ފެށި ނަމަވެސް އުއްމީދު ކުރި ގޮތައް ފްލައިޓްގެ އެއްވެސް ހިލަމެއް ނުވުމުން މިހާރު ވަނީ ކުރިން ބަލަން ނިންމި ސަރަހައްދުގެ އިތުރަށް އެހެން ސަރަހައްދެއް ވެސް ބަލަން ނިންމާފައެވެ.

ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީ އިންނެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކުންފުނިން ވަނީ އިންޑިއާ ކަނޑުގެ 80000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައެވެ.

ފްލައިޓް ހޯދުމަށްޓަކައި ފުރަތަމަ ބަލަން ފެށި ސަރަހައްދު ބަލައި ނިންމާފައި ވަނީ އޭޕްރިލް 03 ވަނަ ދުވަހު އެވެ. އެމަސައްކަތުން ކާމިޔާބެއް ނުލިބުމުން އިތުރު ސަރަހައްދެއް އޭޕްރިލް 17 އާއި ހަމައަށް ވެސް ބެލިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުމުން މިހާރު ވަނީ އިތުރު ދެސަރަހެއްދެއް ބެލުމުގެ މަސައްކަތް ފަށާފައެވެ.

އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުއެވެ. ފްލައިޓް ރާޑަރުން ގެއްލުނު ފަހުން ވެސް އެތައް އިރެއް ވަންދެން ދަތުރު ކުރިކަން ތަޙްޤީޤަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެހެންކަމުން ލަފާކުރެވެނީ ފްލައިޓް ވެއްޓިފައި ވާނީ ތެޔޮ ހުސްވެގެންނެވެ. ނޫނީ ޕައިލެޓް ވަނީ ގަސްދުގައި ފްލައިޓް ކަނޑަަށް ވައްޓާލާފައެވެ.

އެމްއެޗް 370 ގެއްލެން މެދުވެރިވި ސަބަބާއި ފްލައިޓް ވެއްޓުނު ސަރަހައްދާއި މެދު ވެސް ތަޖުރިބާކާރުންގެ މެދުގައި އެއްބަހެއް ނުވެވެއެވެ. އެހެންކަމުން ފްލައިޓް ހޯދުމަށްޓަކައި ބަލަމުން ގެންދަނީ ފްލައިޓް ވެއްޓިފައި ވާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުއްލާ

    ފްލައިޓް ނުވެއްޓޭ ފްލައިޓް ޖެއްސީ ޑީއޮ ގާސިޔާގަ މީހުންކޮޅު އަދިވެސް ތިބީ ސިއްރު ޖަލެއްގަ ފްލައިޓް ރޫޅާލާފަ ބެހެއްޓިތާކު އެބަހުރި އެކަން އެގޭނީ ހަމަ އެކަނި އެމެރިކާގެ ޕެންޓަގަން އަށް އެކަނި

    • ހިނި

      ޕެންޓަގަން އަށް ހަމައެކަނި އިނގޭ އެއްޗެއް އަބްދުއްލާ އަށް އިނގެންވީ ކީއްވެބާ؟ ??

  2. މުނާ

    ދެންވެސް ރާއްޖެ މިއޮންނަ އައިލެންޑް ޗެއިންގެ ކަނޑު އަޑިއާއި ރަށްތައް ބަލާބަލަ

  3. ާވަތުބަތާނަ

    ކުޑަހުވަދޫކައިރިން ދިޔަވާހަކަ ބުނީމާވެސް ޤަބޫލުނުކޮށް މޮޅުވާންވެގެން ތި ހޯދަނީ އެހެންތަނެއްވިއްޔާ. މިހާރުވެސް ހުވަދޫ ކަނޑުތެރެ ބަލާބަލަ އެ އޮންނާނެ.

  4. އިދުރީސް

    އެބައޮތް ގޭގަ