ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 1418 މީހަކު އިއްޔެ ވެސް މަރުވެއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 96,354 އަށް އަރާފައެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އިއްޔެ 28179 މީހަކު އެމެރިކާ އިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ މެއި މަހުގެ 08 ވަނަ ދުވަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން އެމެރިކާ އިން ފައްސިވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,620,902 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން އަދި ރަނގަޅުވީ 382,169 މީހުންނެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރަން އެމެރިކާގައި ފުރަތަމަ ބޭނުން ކުރި ޓެސްޓް ކިޓްތަކުގައި މައްސަލަތަކެއް ހުރިކަން ކުރިން ފާހަގަ ކުރެވިފައިވާއިރު އަނެއްކާވެސް އެފަދަ މައްސަލަތަކެއް ފްލޮރިޑާ އިން ފާހަގަ ކުރެވިފައިވާ ކަމަށް މިއަދު އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ފްލޮރިޑާގައި ބޭނުން ކުރާ ޓެސްޓް ކިޓްތައް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު އެފްޑީއޭ އިން ދަނީ ކުރަމުންނެވެ.

ކޮވިޑް-19 އިން ސަލާމަތް ވުމަށް މާސްކް އަޅަން އެމެރިކާގެ ސީޑީސީ އިން ތަކުރާރުކޮށް އަންގަމުން ދާތީ އިއްޔެ ޓްރަމްޕް ފޯޑް ކުންފުނީގެ ކާރުހާނާއަކަށް ޒިޔާރަތް ކުރިއިރު މާސްކް އަޅައިގެން ހުރިކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް އެކާރުހާނާ އަށް ކުރި ޒިޔާރަތުގެ ތެރެއިން ޓްރަމްޕް ނޫސްވެރިންނާއި ބައްދަލު ކުރިއިރު ވަނީ މާސްކް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮން ބަބުރު ސޮރު

    އޭޭޭ އޯކޭ ވާޅެ! އެމެރިކާގެ ވެރީންނަކީީ ހައްގަކާނުލާ އެތައް ހާސް އިންސާނުން މެރުމުގެ ތާާރީޚެއް. އޮތް ބައެއް