ކޮވިޑް-19 އިން ރައްކާތެރި ވުމަށް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އިންޑިއާގެ ޑޮކްޓަރުންނަށް އެކަށީގެންވާ މިންވަރަކަށް ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި ޑޮކްޓަރު ނަފްސާނީ ބަލި މީހުން ބަލަހައްޓާ ހޮސްޕިޓަލަކަށް ގެންގޮސްފިއެވެ.

20 އަހަރު ދުވަހު ޑޮކްޓަރުކަން ކޮށްފައިވާ ޑރ.ސުދަކަރް ރާއޯ ނަފްސާނީ ބަލި މީހުން ބަލަހައްޓާ ހޮސްޕިޓަލަކަށް ގެންގޮސްފައި ފުލުހުން ބާރުގެ ބޭނުން ކޮށްގެން އޭނާ ހައްޔަރު ކުރުމަށް ފަހު އެވެ.

"ވަޓްސްއަޕް" ގައި ދައުރުވާން ފެށި ވީޑިއޯ އެއްގައި ފުލުހުން މަގުމަތިން ޑރ.ރާއޯ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެނެއެވެ. ފުލުހުން ވަނީ އެވީޑިއޯ އަކީ ޑޮކްޓަރު ހޮސްޕިޓަލަށް ގެންދަން ހައްޔަރު ކުރާ މަންޒަރު ކަމަށް ބުނެއެވެ. ޑރ.ރާއޯ ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކީ އޭނާ އަކީ ނަފްސާނީ ބަލި މީހެއް ނޫން ކަމަށް ބުނެއެވެ.

ޑރ.ރާއޯ އޭޕްރީލް 03 ވަނަ ދުވަހު އިންޑިއާގެ މީޑިއާތަކާއި ވާހަކަދައްކަމުން ބުނެފައި ވަނީ އިންޑިއާ ސަރުކާރުން ކޮވިޑް-19 އަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނުވާ ކަމަށެވެ. ޑޮކްޓަރުންނަށާއި، ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެކަށީގެންވާ އަދަދަކަށް ޕީޕީއީ ނުލިބޭ އިރު ހޮސްޕިޓަލްތައް ވެސް މިހާލަތައް ތައްޔާރު ވެފައި ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.

ޑރ.ރާއޯ މަސައްކަތް ކުރަމުން އައީ އިންޑިއާ ސަރުކާރުގެ ހޮސްޕިޓަލެއްގައެވެ. އޭނާ މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެން ވަނީ ސަސްޕެންޑް ކޮށްފައެވެ.

އިންޑިއާ އިން މިހާތަނަށް 118000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި 3500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގެރި

    މޮޔަގެރި މޯދީ ހިފާ ހައްޔަރުކުރިނަމަ ފުލުހުންވެސް

    35
  2. Anonymous

    އެއަށް ކިޔަނީ ނިޒާމުން ގެއްލުވާލުން. އެއްވެސް ސަރުކާރަކުން ބޭނުމެއް ނުވެ ކަމެއް ނުވިޔަސް ކަމެއް ނުވެޔޭ ބުނާކަށް ބުނިމީހެއްގެ ދުވަސް ދުއްވާލެވޭތޯ ބަލާނީ. ޚާއްޞަކޮށް އިންޑިޔާއާއި މިތުރާ އުތުރު ކޮރެއާއެއްވެސް. ބަލި ނެތަސް ނަފްސާނީ ބަލިމީހަކަށް ހަދާ ނުކުޅެދުންތެރިއަކަށް ހަދާލީ. މިޤޢުމުންވެސް ނަމޫނާ ނަގާނެބާ

    31
  3. ދަރަނި ދަންތުރަ

    ސަރުކާރަށް ފާޑުކީމައި އޭނައެވީ މޮޔަޔަކަށް ކިހާދެރަ ކަމެއް މޯދީ އިންސާނީ ހައްގުގެ އެއްމެ އުހަށް...

    32
  4. ކޮތަރު

    ހަގީގީ ޑިމޮކްރަސީ އަކީ މިއީ. ހެޔޮހާލުގައި ހުރި ކުށެއްނެތް އިންސާނަކު ހިފާ ހައްޔަރުކޮށް ނޮޅާލަނީ.

    20
  5. ކެނެރީ

    މި ސަރުކާރުންވެސް ބަޔާނެތް ނެރެން ވަރަންފެނޭ އެ ޑޮކްޓަރަކީ ބަލިމީހެކޭ ކިޔާފަ

  6. ޒާ

    މިއަދު އިންޑިއާގެ ޑިމޮކްރަސީގެ ހާލަތަކީ ވަލުކުއްތާގެ މިސާލެއް.

    12