ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓެއް ކަރާޗީގެ ޖިންނާހް އިންޓަނޭޝަނަލް އެއާޕޯޓާއި ކައިރި ހިސާބެއްގައި އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

މި ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މި ބޯޓުން ދަތުރު ކުރީ އަށް ކްރޫންނާއެކު ޖުމްލަ 107 މީހުންނެވެ.

ބޯޓު ވެއްޓުނު ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ގެތަކުގެ އަލިފާން ރޯވެ ދަނީ އަނދަމުންނެވެ.

https://www.instagram.com/p/CAfKwXch0w4/?utm_source=ig_embed&utm_campaign=embed_video_watch_again

ކަރާޗީގެ ބޮޑެތި ހުރިހާ ހޮސްޕިޓަލެއްގައި މިހާރު ވަނީ އެމާޖެންސީ އިއުލާނުކޮށްފައެވެ.

މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ވެއްޓިފައިވަނީ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ އެއާބަސް މަރުކާގެ ފްލައިޓެކެވެ. ފްލައިޓް ވެއްޓެން މެދުވެރި ސަބަބާއި އޭގެއިން ދަތުރު ކުރި މީހުންގެ ހާލު އަދި އެގައުމުން ހިއްސާ ކޮށްފައެއް ނުވެއެވެ.

"ފްލައިޓް ވެއްޓިފައިވަނީ ކަރާޗީއަށް. ބަލަމުން މިދަނީ ކިތަށް ފަސެންޖަރުން ފްލައިޓްގައި ތިބިތޯ. ބެލެވޭ ގޮތުގައި 99 ފަސެންޖަރުންނާއި 8 ކްރޫއިން ތިބޭ" އެގައުމުގެ އޭވިއޭޝަން އޮތޯރިޓީގެ ސްޕޯކްސްޕާސަން އަބްދުލް ސައްތާރު ކޮކަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ މީހުން ދިރިއުޅެމުން އަންނަ ކަރާޗީއަށް ވެއްޓިފައިވާ މި ފްލައިޓްއަކީ އިން ދަތުރު ކުރަމުން އައި ފްލައިޓެކެވެ.

އެ ބޯޓު ވެއްޓުނު ހާދިސާގައި މީހަކު މަރުވި ކަމެއް ނުވަތަ ނޫން ކަމެއް އަދި މީޑިއާތަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

އެގައުމުގައި މި ހާދިސާ ހިނގާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ވައިގެ ދަތުރުތައް ހުއްޓައި އަލުން ދަތުރުތައް ފެށިތާ ދުވަސްކޮޅެއް ނުވަނީހެވެ.