އިންޑިއާގެ ޓެލެންގަނާގެ ވަރަންގަލް ރޫރަލް ޑިސްޓްރިކްޓުގައި ގޮތް ނޭނގޭ ގޮތަށް މަރުވެފައި އޮތް ނުވަ މީހެއްގެ ހަށިގަނޑު ވަޅެއްގެ ތެރެއިން ފެނިއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، މަރުވެފައި އޮއްވައި ފެނުނު މީހުންގެ ތެރެއިން، ހަ މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުންނެވެ. އަދި ދެން އޮތް ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ބިހާރްއަށް ނިސްބަތްވާ މީހުން ކަމަށާއި، ދެން އޮތް މީހާއަކީ ޓްރިޕުއާއަށް ނިސްްބަތްވާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު، ފުލުހުންނަށް ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެެވެ. އަދި ދެން އޮތް ފަސް މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ހުކުރު ދުވަހުއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ޓީމްގައި ހިމެނޭ މީހުންނާއި ހަވާލާދީ އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެއްވެސް މީހެއްގެ ހަށިގަނޑުން އަނިޔާއެއްގެ އަސަރު ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ގޮތް ނޭނގޭ ގޮތަށް ބަޔަކު މަރުވި އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ.

ފުލުހުން ގެންދަނީ އެ މީހުން މަރުވީ އަމިއްލައަށް ތޯ ނޫނީ ބަޔަކު އެ މީހުން މަރާލީ ތޯ ބަލަމުންނެވެ.

ފުލުހުން ބުނީ، އެ ވަޅުގައި މިހާރު ފެން ނެތް ކަމަށާއި، މަރުވި މީހުންގެ ތެރެއިން ހަތް މީހުންނަކީ ގަނީ ބޭގް ފަހާ ޔުނިޓެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމަށެވެ. އަދި އެ އެންމެން އެކުގައި، ވަރަށް ފަހުން އެތަނުން ކުއްޖެއްގެ އުފަން ދުވަހާއި ގުޅުވައިގެން ކެއުމެއް ބޭއްވި ކަމަށްވެސް ވެއެވެ.

އެ މީހުން މަރުވި ގޮތުގެ ތަފްސީލް އިނގޭނީ އޮޓޮޕްސީގެ ނަތީޖާ ލިބުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ???