ދުނިޔެގައި ހަލުވިކަމައެކު ފެތުރެމުންދާ އަދި ޗައިނަގެ ވޫހަން އިން އުފަންވި ކޮވިޑް-19 ގެ މައްޗަށް ކާމިޔާބު ހޯދިއްޖެ ކަމުގައި އެ ޤައުމުން ރަސްމީކޮށް އިޢުލާން ކޮށްފިއެވެ.

ކޮވިޑް-19 މައްޗަށް ޗައިނާއިން ކާމިޔާބު ހޯދާފައިވާކަން އެ ޤައުމން ރަސްމީކޮސް ފުރަތަމަ ފަހަރަށް އިއުލާންކޮށްފައިވާއިރު އެ ގައުމުން ފުރަތަމަ ވައިރަސް ފެނުނީ 2019 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ ތެރޭގައެވެ. ކޮވިޑް-19 ފެތުރެންފެށި ދުވަހުން ފެށިގެން ޗައިނާ ތިން މަސް ވަނދެން ފުރަބްނުކޮށް ބޭއްވުމަށްފަހު އެ ގައުމުން ވަނީ އިޤްތިސާދީ ހުރިހާ ހަރަކާތެއް ހުއްޓާލާފައެވެ.

ނެޝަނަލްސް ޕީޕަލްސް އެސެމްބްލީ"ގެ ހޫނު މޫސުމުގެ ދައުރު އިފްތިތާޙު ކުރުމުގެ ގޮތުން މިއަދު ވާހަކަ ދައްކަވަމުން ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިޔާން ވިދާޅުވީ ވަރުގަދަ ގުރުބާނީތަކަކާއި މަސަތްކަތްތްކެއް ކޮށްގެން ކޮވިޑް-19 ގެ މައްޗަށް ރައްޔިތުން ކާމިޔާބު ހޯދާފައިވާ ކަމަށާއި މި ކާމިޔާބީ ހާސިލް ކުރެވުނީ ޗައިނާގެ ދެ ޖިންސުން ހިމެނޭހެން މުޅި ރައްޔިތުން ގުޅިގެން އެ ވައިރަސް އާ ދެކޮޅަށް މަސައްކަތްކޮށް އެއްބައިވަންތަ ކަމުގެ ވަރުގަދަ ފާރެއް ބިނާކޮށްގެންކަމަށެވެ.

ޗައިނާއިން އެ ގައުމުގައި ކޮވިޑް-19 ކޮންޓަރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ 80 އިންސައްތައިގެ ފިޔަވަލުތަށް އުވާލާފައިވާއިރު އެ ގައުން އަންނަ މަހުގެ ސަރަހައްދި ރޮނގުތައް ހުޅުވަލައި ބޭރުގެ ވައިގެ ދަތުރުތަސް ފަށާނެކަމަށް ޗައިނާ އިން އިޢުލާން ކުރެއެވެ. އަދި ޗައިނާގެ ވައިގެ ދަތުރުތަށް މި މަހުގެ ކުރިކޮޅުވަނީ ފަށާފައެވެ.

ޗައިނާއިން އެ ގައުމަށް ކޮވިޑް-19 ފެތުރެން ފެށިފަހުން އެ ގައުމުން 82،000 މީހަަކަށް ވަނީ ވައިރަސްގެ އަސަރުކޮށްފައެވެ. އެގޮތުން 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 78،000 މިހުން ވަނީ ރަނގަޅުވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ކޮންޓްރޯލް ނުވެ މިބަލި ފެތުރެމުންދާއިރު ޗައިނާއިން ވައިރަސް ޖެހިފައި މިވަގުތު ތިބީ 82 މީހުންނެވެ. އަދި ނިމުނު ހަފްތާގައި ޗައިނާއިން ވައިރަސް އަށް ފައްސި ވެފައިވަނީ ހަތަރު މީހުންނެވެ.

ޗައިނާއިން ކޮވިޑް-19 ޖެހޭ ނިސްބަތްމަދުވަމުންގޮސް މިހާރު އެ ގައުމުން ވައިރަސް ޖެހިގެން ރިޕޯޓްކުރާ މިންވަރު ދުވަހެއް ދުވަހަކަށް މަދުވަމުންގޮސް ދުވާލެއްގެ މައްޗަށް މީހަކު ފައްސިި ނުވާ ދުވަސް ވެސް އާދެއެވެ. ނަމަވެސް ޗައިނާއިން ރައްކާތެރިވުމުގެ ގޮތުން ގައިދުރުކުރުމާއި މާސްކުފަދަ ތަކެތި އަދިވެސް ދަނީ ބޭނުން ކުރެވެމުންނެވެ.