ދޮން ބައްޕަގެ ރޭޕްގެ ޝީކާރައަކަށްވި 12 އަހަރުގެ ކުއްޖަކު މުމްބާއި ހޮސްޕިޓަލެއްގައި ވިހައިފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ވިއްސަން ވަރަށް އުނދަގޫވިއެވެ. ބަނޑުގައި އޮތް ކުއްޖާ އެހެން ކުދިންނަށް ވުރެ ބޮޑުވުމާއި، ގުޅިގެން ވެސް ވިހަން ދަތިތައް ދިމާވިއެވެ. އެ ކުއްޖާ ވިހާފައި ވަނީ ދުވަސްވެސް ނުފުރާއެެވެ.

ރިޕޯޓްތައް ބުނާގޮތުގައި،. އެ ކުއްޖާ ރޭޕް ކުރިތޯ ބެލުމަށް ފުލުހުން އެ ކުއްޖާ އާއި އޭނާގެ މަންމަ ޖޭޖޭ ހޮސްޕިޓަލަށް ފޮނުވިއިރު، އެ ހޮސްޕިޓަަލަށް ދިޔަތާ މާގިނަ އިރުނުވަނީސް އެ ކުއްޖާ ވަނީ ވިހާފައެވެ. އެ ކުއްޖާ ވިހާފައި ވަނީވެސް މާބަނޑުކަން އެނގުނުތާ ހަފްތާއެއްހާ ދުވަސްވެސް ނުވަނީސްއެވެ

ފުލުުހުން ބުނީ، އެ ކުއްޖާ އެންމެ ފުރަތަމަ އުޅުނީ ބަނޑުގައި ރިއްސާތީ ކަމަށެވެ. އެކަމާއި އެ ކުއްޖާ ޑޮކްޓަަރަށް ދެއްކިއިރު، އެ ހޮސްޕިޓަލުން ވަނީ އެ ކުއްޖާ ބަނޑުބޮޑުކަމަށް ބުނެފައެވެ. އެހައި ހިސާބުން އެ ކުއްޖާގެ މަންމަ ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

އެ ކުއްޖާގެ މަންމަ ބުނީ، އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާގެ ދޮންބައްޕަ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތީ އަދި ދޮންބައްޕަ މިރާއްޖޭގަ އެބަތިބި ބަފަޔަށް ވިހާފަ
    އ.ދ އަތޮޅުގަ ލޮލް!

  2. ހދ ގަވެސް