ކޮވިޑް-19 ޖެހިގެން ރަޝިއާއިން އެއް ދުވަސް ތެރޭގައި ގިނަބަޔަކު މަރުވެއްޖެއެވެ.

އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 174 މީހެކެވެ. މިއީ އެ ގައުމުގައި މިހާތަނަށް މި ވައިރަސް ޖެހިގެން މިހާ ގިނަބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ ގައުމުން މީގެ ކުރިން މެއި 24 ގައި ވަނީ އެއް ދުވަސް ތެރޭގައި 153 މީހަކު މަރުވެފައެވެ.

ރަޝިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ، 3807 މީހެކެވެ. އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 362342 އަށް އަރާފައިވާއިރު، އެ ގައުމުގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 131129 އަށް އަރާފައެެވެ.

އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން ދަނީ 2300 މީހަކަށެވެ.

އެ ގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނަަބަޔަކު ރަނގަޅުވެފައި ވަނީ ވެސް ފާއިތުވި 24 ގަޑިއިރު ތެރޭގައެވެ. އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 12331 މީހަކު ވަނީ ބަލިިން ރަނގަޅުވެފައެވެ.

ރަޝިޔާއަކީ ދުނިޔެއިން ތިންވަނައަށް އެންމެގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ޤައުމެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ބޮޑުވަމުން އަންނައިރު ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު