ބްރެޒިލްގެ ރައީސް ރުޅިގަދަވެ ރައްޔިތުންނަށް އިޚްތިރާމް ކުޑަކޮށް، އިންޒާރުގެ އިނގިއްޔަކުން ހުތުރު ވައްތަރު ޖައްސައި ރައްދުދީފިއެވެ.

ގިނަ ބައެއްގެ ނުރުހުމުގެ ބަސްތަކަކާއި ކުރިމަތިވލާން ސަބަބުން ބްރެޒިލްގެ ރައީސް ޖައިރް ބޮލްސެނާރޯ ރުޅިގަދަވެ ރައްޔިތުންނާއި ދިމާލަށް ހުތުރު ގޮތަކަށް އިންޒާރު ދީފައިވާ މި ހާދިސާ މިހާރު ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ބައިނަލްއަޤުވާމީ ނޫސްތަކުންވެސް މިކަން ހާމަކޮށްފައި ވެއެވެ.

މީޑިއާތަކުން ބުނާގޮތުން ބޮލްސޮނަރޯ ރުޅިގަދަވެގެން ރައްޔިތުންނާއި ދިމާލަށް ހުތުރު ވައްތަރުތަކެއް ޖައްސާފައިވަނީ ފުރަބަންދާއި ހިލާފަށް އޭނަ މަގުމަތީގައި ކާން ހުރުމުން، އެވަގުތު އެ ސަރަޙައްދުގައި އުޅުނު ބަޔަކު އޭނާއަށް ފާޑުކިޔުން އަމާޒުކުރުމުންނެވެ.

ދައުރުވަމުން އަންނަ ވީޑިއޯ އަކުން ފެންނަ ގޮތުގައި އާންމުންގެ ގިނަ ބަޔަކު ވަނީ އޭނާ އަކީ ބޭކާރު މީހެއް ކަމަށް ބުނެ އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. އެމަންޒަރު ބަލަން އޭނާ ހުރީ ރައްޔިތުންނަށް ފެންނާނެހެން މަގުމަތީގައި ކާންށެވެ. އެހެން ކަމުން ގިނަ ބައެއްގެ ނުރުމުގެ ބަސްތައް އަޑުއިވުމުން އޭނާ ވަނީ ވަކި ހިސާބަކުން ރުޅިގަދަވެ ރައްޔިތުންނާއި ދިމާލަށް އިންޒާރުގެ އިނގިއްޔެއް ދިއްކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ބްރެޒިލްގެ ރައްޔިތުން ބިރެއްގެ ތެރޭގައި ތިބި އިރުވެސް، އެގައުމުގެ ރައީސް މި ބައްޔަކީ މާ ނުރައްކާ ބައްޔެއް ކަމަކަށް ނުދެކެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އިގްތިސާދު ހުއްޓާލައި ކަރަންޓީން ކުރާނަމަ ޤައުމަށް ކުރާ އަސަރު ބޮޑުވާނެއެވެ. އެހެންކަމުން އޭނާ ދަނީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ގޮވާލައި، މުޒާހަރާވެސް ކުރަމުންނެވެ.

ބްރެޒިލް އަކީ ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެގައުމުން ބަލި ޖެހުނު 376,669 މީހަކު ވަނީ ފެނިފައެވެ. އަދި މި ބަލި ޖެހިގެން 23,522 މީހަކު ވަނީ އެގައުމުން މަރުވެފައެވެ.

މި ބައްޔަކީ އާދައިގެ ބައްޔެއް ކަމަށް އެގައުމުގެ ރައީސް ވިސްނަވާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ނުރުހުން ފާޅުކޮށް އޭނާ އަކީ އެއްވެސް ކަހަލަ އިންސާނިއްޔަތު ކަމެއް ނެތް މީހެއް ކަމުގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަބޭ2020

    އެންމެގިނަމީހުމަރުވީމައެއީ މިބޮލުރޮދިސާރިއޯއަށްލިބޭފަޚުރެއްދޯ އަދިވެސް ރައިއްޔަތުންދެ ކެދޯ މިރުޅިއަންނަނީ މިފަދަޖާހިލުން ވެރިންނަށްހަދާތީދެރައީ ކޮންމެގޮތަ ކަށްވެސްލާރިޚަރަދު ކުރީމަ އެދަޅައިގަޖެހޭތީ ވެރިންނަށްމިއަންނަނީ ދެންނޯވެއެއެއްމިއެއް ބެލުމެއް ގޯސްމިހަދަނީރައިއްޔަތުންއަމިއްލައަށް އެތަނަސްމިތަނަސް އޮށްގޮށްމިއީދޯ؟

  2. ސަމީ

    ކެނެރީގޭ ގަ ވެސް އުޅޭނެ ތިޔަ ކަހަލަ ހަމަ ނުޖެހޭ ލަދު ކުޑަ މީހެއް ކަމެއް ދިމާ ވާ އިރަށް އިސްތިއުފާ ދީފަ އަނެއް ދުވަހު ތަންތަނުގަ ހުޅު ޖަހަން އުޅޭ ލަދު ކުޑަ މީހެއް

    28
    1
  3. ޝުކުރިިއްޔާ ފެއިލް ސަރުކާރު

    ބްރެޒިލްގެ ރައީސްއެކޭ، އެމެރިކާގެ ރައީސްއެކޭ، އެމެރިކާގެ ޑިމޮކްރަޓިކް ކެޑިޑޭޓްއެކޭ، ޔޫކޭގެ ބޮޑުވަޒީރުއެކޭ، އޮސްޓްރޭލިޔާގެ ބޮޑުވަޒީރުއެކޭ، އިންޑިޔާގެ ގެރިމޯޑީއެކޭ، ޕާކިސްތާނުގެ ރައީސްއެކޭ، ރާއްޖޭގެ އެކްޓިންގް ބޮޑުވަޒީރު އަންނިއެކޭ ވަކި ތަފާތެއްނެތް. މިބައިގަނޑަށް މިބައްޔަކީ އާދައިގެ އަރިދަފުހެއް. މީހުން އެކްސިޑެންޓްވެގެންވެސް ކެންސަރުޖެހިގެންވެސް ކޮންމެދުވަހަކު މަރުވާކަމަށް މިބައިގަނޑު ބުނޭ. އަމިއްލަ ޖީބަށް ވަންނަ ފައިސާ މަދުވެއްޖެއްޔާ ކަމަކުނުދޭ. ރައްޔިތުން ނިކަމެތިވެ ގޮތްހުސްވިޔަސް އޯކޭ. އެމްޑީޕީ ރައްޔިތުން އަދިވެސް ބަރަށް އަތްޖަހާ. އަންނި މަޖްލީހުގެ ރައީސަކަށް ލީ އެމްޑީޕީއިން. އެމްޑީޕީގެ ގޮތްދޫނުކުރާ ކެޑިޑޭޓުން އިންތިހާބް ކުރީވެސް އެމްޑީޕީ ރައްޔިތުންނާއި ބޯހަމަނުޖެހޭ ކޯލިޝަނުން. ޖަހާ ކޮންމެ ބެރަކަށް ކޯލިޝަން އެބަނަށާ. ރާއްޖޭގެ މިހާލަތު ގޯސްކުރި މިނިސްޓަރުންނަކީވެސް އެމްޑީޕީ ރައްޔިތުން އިސްކުރި ބައެއް. އެޑިޔުކޭޝަންވެސް މިއޮތީ ފެއިލްވެފައި. ދެންތިބި މިނިސްޓަރުންތައް އެވަނީ ކިޔޭނުކިޔޭ އެއްޗެއް ނޭނގޭވަރަށް ބޯގޯސްވެފައި. ލޮކްޑައުން އުވާލާ ޓޫރިސްޓުންވެސް ގެންނަންވީ. އިގްތިސާދު (ވެރިންގެ މުސާރަ) ރައްޔިތުންގެ ފުރާނައަށްވުރެ މުހިންމު.

    18
    1
    • ދަންބެރު

      އެކްޓިން ބޮޑުވަޒީރެއް ނޫން ހައްދުފަހަނަ އަޅާފަހުރި ލާދީނީ ބޮޑުވަޒީރު.

      10
      1
  4. ކައްޒާބު

    ތީގެ މީހެއް މިރާއްޖޭގައިވެސް އެބައުޅޭ. ގާނޫނަކަށް ގަވާއިދަކަށް ބޯނުލަނބާ ސަރުކާރަށް ގޮންޖެހުމުގެ ބޮޑު އަމަލެއް މިއަދުވެސް ހިންގި . މިއަމަލު ހިންގީވެސް އެހެން ގޮތެއްނެތިގެން ސަރުކާރަށް ދޫދޭން މަޖުބޫރުކޮށްގެން .