މަނިތު ޕަރިކްސްގެ މަންމަ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެގެން މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ލިލަވަތި ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް އެހޮސްޕިޓަލުން ބުނީ އެތަނުގައި ހުސްކޮށް އެންމެ އެނދެއް ވެސް ނެތް ކަމަށެވެ. ފަސް ގަޑިއިރު ފަހުން، އަދި އެތައް ފޯން ކޯލަކަށް ފަހު، މަނިތުގެ މަންމަ އަށް ހޮސްޕިޓަލުން އެނދެއް ލިބުނެވެ. އޭގެ އެއް ދުވަސް ފަހުން މަނިތުގެ 92 އަހަރުގެ ކާފަ އަށް ނޭވާލާން އުނދަގޫ ވެގެން މުމްބާއީއެއް އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ ބްރީޗް ކެންޑީ ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް އެތަނުން ކާފަ އެޑްމިޓް ކުރާނެ އެނދެއް ނުލިބުނެވެ.

"އަހަރެންގެ ބައްޕަ ހޮސްޕިޓަލްގައި އާދޭސްކުރި. ނަމަވެސް ހޮސްޕިޓަލުން ބުނީ އެންމެ އާދައިގެ އެނދެއް ވެސް ހޮސްޕިޓަލްގައި ނެތް ކަމަށް. އޭގެ ގަޑިއިރުތަކެއް ފަހުން ކާފައަށް ބޮމްބޭ ހޮސްޕިޓަލުން ޖާގައެއް ލިބުނު. ނަމަވެސް ކާފަގެ ފުރާނަ ސަލާމަތް ނުކުރެވި ވަނީ މަރުވެފައި. ފަރުވާ ލަސްވުން އެއީ ކާފަ މަރުވާން ދިމާވި އެއް ސަބަބު." މަނިތު "ރޮއިޓާސް" އަށް ކިޔައި ދިނެވެ.

އިންޑިއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާއިރު، އެގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް އޮތުމަށް މިހާރު ވަނީ ގިނަ ލުއިތަކެއް ދީފައެވެ. ނަތީޖާއަކަށް ވެފައި ވަނީ ބަލި ޖެހޭ މީހުންގެ އަދަދު އަދިވެސް ދުވަހުން ދުވަހަށް އިތުރު ވަމުން ދިއުމެވެ. އަދި ހޮސްޕިޓަލްތަކުގެ ޖާގަ ފުރި، ފަރުވާ ދޭން ޖެހޭ އެންމެނަށް ފަރުވާ ނުދެވި، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިއުމެވެ.

އެމެރިކާގެ މިޝިގަން ޔުނިވަސިޓީގައި ކޮވިޑް-19 އާއި ގުޅޭ ދިރާސާތައް ކުރަމުން ގެންދާ ސައިންސްވެރިއެއް ކަމަށްވާ ބްރާމާ މުކްރިޖީ ވިދާޅުވީ އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އަދިވެސް ދާނީ އިތުރުވަމުން ކަމަށް ލަފާކުރެވޭ ކަމަށެވެ. މިޝިގަން ޔުނިވަސިޓީން ކޮށްފައިވާ ދިރާސާއެއް ދައްކާ ގޮތުގައި ޖުލައި މަސް ނިމެން ވާއިރަށް އިންޑިއާގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 2.1 މިލިއަނަށް އަރާނެއެވެ.

ބަލި ޖެހޭ މީހުންގެ އަދަދު މި މިންވަރަށް އިންޑިއާގައި އިތުރު ވެއްޖެނަމަ، ފަރުވާ ނުދެވިގެން އެތައް ހާސް ބަޔަކު މަރުވާން ދޫކޮށްލަން ޖެހޭނެއެވެ. އިންޑިއާގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށް ބަލާއިރު ކޮންމެ 1000 މީހަކަށް ހުރީ އެންމެ އެނދެކެވެ. އެހެންކަމުން ބަލި ބޮޑަށް ފެތުރެމުން ދާނަމަ، ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރުމުގެ ޖާގައެއް ނުލިބޭނެއެވެ.

އިންޑިއާގައި އާބާދީގެ ބޮޑު ނިސްބަތެއް، އެކަހެރި ސަރަހައްދުތަކުގައި ދިރިއުޅެމުން ދާއިރު، ކޮވިޑް-19 އެސަރަހައްދުތަކުގައި ފެތުރެން ފަށައިފިނަމަ، މަރުވާ މީހުންގެ އަދަދު ވެސް އެތައް ގުނައެއް އިތުރު ވެގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.

ހޮސްޕިޓަލްތަކުން ޖާގަ ލިބުމުގެ ދަތިކަން ބަލި މީހުންނަށް ކުރިމަތިވެފައި ވާއިރު، މުވައްޒަފުންނާއި، އެކަށީގެންވާ ވަސީލަތްތައް ވެސް އިންޑިއާގެ ހޮސްޕިޓަލްތަކުގައި ނެތެވެ. މިހާރު ވެސް ގިނަ ހޮސްޕިޓަލްތަކުގައި ވަނީ މުވައްޒަފުން މަދުވުމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރަން ޖެހޭ އެއްޗެހި ނެތުމުގެ ސަބަބުން އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތި ބައެއް ޑޮކްޓަރުންނާއި ނަރުހުންނަށް މަޖުބޫރު ވެފައި ވަނީ ބަލި މީހުންނަށް ފަރުވާ ދޭށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ހާލަތު ވަރަށް ގޯހެވެ. އަދި ހާލަތު ދަނީވެސް އިތުރަށް ގޯސް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ގެރީގެ ނަޖިސް ހުސްނުވާނެ ކޮބާ މޯދީ މުސްލިމުންނަށް ކުރާ އަނިޔާގެ ހިތިރަހަ މޯދީ އަށް ލިބޭނެ

    22
    1
  2. ޕޯރީ

    ރާއްޖެއަށް ލޯނެއްދީފަ ތިންގުނަ އަތުލާ!

    18
    1
  3. ސާދޫ

    އިންޑިޔާޢަކީ އާއްމުކޮށް ބަނޑަށްޖެހި ގިނަބަޔަކު މަރުވާޤައުމެއް. މިހާރު ކޮންމެ މަރަކީ ކޮވިޑް ކަމަށް ނުބެލެވޭނެ. ތީ މުސްކުޅި ބަލީގަ މަރުވި މީހެއް

    4
    5
  4. އައްޑޫސިޓީ

    ކޮބާނަޝީދު އިންޑިއާ އެއޮތްގެން އަރަގުވަނީ އެޖެންޑާ19 އިގަޖެހި އެހީދޭންވީ ވަގުތު މިއީ.

    16
    1
  5. ލާލަތީ

    އިންޑިޔާގެ މަނިޕޫރުގައިވެސް ސިންގަރަމް ޕުރަސާން ސިންގު ނަމަކަށް ކިޔާ މީހަކު އެތާނގެ ދިގިރިންދާ ސެކްޝާ ހޮސްޕިޓަލަށް ދިޔައިމާ ވީ އަދި މާ ދެރަ ގޮތެއް. މި ހޮސްޕިޓަލު މިހާރު ފުރެނިއްޔޭ، އެހެން ވީމާ ޕަންޖާބީ ސިކުންނަކަށް މާނަޔަކީ މަނިޕޫރުން ބޭރު ރައްތަށުގެ ރައްޔިތުންނަކަށް ޖާގައެއް ނެތޭ. ޕަންޖާބާށް އަވަހަށް ދާށޭ ބުނެފައި. އިންޑިޔާޔަކީ އެކަހަލަ ތަނެއް.

    11
    1
  6. ބަަލަޓު

    އިންޑިޔާގެ ވިޝާލް ސްވަރަޔަންތުރަ އަވަށުގައި މިހާރު ހޮސްޕިޓާ ފުރިގެން މަގުމަތީގަވެސް އެނދު ބަހައްޓައިގެން ފަރުވާ ދެނީ. ވޭޝްޔަސްޕާ އަވަށުގައި ހޮސްޕިޓާ ފުރިގެން ދެނީ ޔޫނާނީ ބޭސް ގޭގައި.

  7. ކާފަ

    ލުއިތަކާއެކު މީމިތަނަށްވެސް ވާނެ ކަމަށް ލަފާ ކިުރެވޭ ގޮތް؟
    ދުއާއަކީ މިހެން ދިމާނުވުން.

    11
  8. ހުސޭނުބޭ

    ކީއްކުރަންބާ ހޮސް÷ިޓަލަށް ދަނީ! ކަލޭމެންގެ ފާދިރީން ބުނެފައި އޮތީ ގެރީގެ ނަޖިސް ދެ ވައްތަރުން ބޭނުންކުރަންޏާ ކޮވިޑް ނުޖެހޭނެކަމަށް! އެ ނަޖިހަކީ ފަރުވާއެއްކަމަށް!

    11
    1
  9. ދޮން ބަބުރު ސޮރު

    ކޮބާ ޗައިނާާއާާއި ވާދަ ނުކުރެވޭނެ ކަން މޯޑީނަސީދު އަށް އަށް އަށް އަދިވެސް ނޭގެނީތަ ޗަެިނާއިން 1101ދުވަހުން ބޮޑު ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުހޮސްޕިޓަލެއް އަޅާ ދައްކާލި ވާދަ ކުރައްޏާ 5 ދުވަހުން އަޅާ ދައްްކަ ބަލަ