ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ނިއުޒިލޭންޑުގެ ހޮސްޕިޓަލްތަކުގައި ފަރުވާދިން އެންމެން ރަނގަޅުވެ، ދޫކޮށްލާފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

މިކަން ހާމަކޮށް ނިއުޒިލޭންޑުގެ ޑިރެކްޓަރ އޮފް ހެލްތު، ޑރ. އޭޝްލީ ބްލޫމްފީލްޑް ނޫސްތަކުގައި ވިދާޅުވެފައި ވަނީ މިއީ ނިއުޒިލޭންޑުގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ފުރަބަންދު އިއުލާނުކުރި ފަހުން މި ބަލީގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެންމެން ރަނގަޅުވި ފުރަތަމަ ފަހަރު ކަމަށެވެ.

ޑރ. އޭޝްލީ ވިދާޅުވީ، ނިއުޒިލޭންޑަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެ ބަލި އެންމެ ބޮޑަށް ފެތުރެމުން ދިޔަ ދުވަސްވަރު ވެސް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ. އަދި މި ބަލީގައި ހާލު ގޯސްވީ މަދު ބައެއް ކަމަށާއި، އެޤައުމުގައި ބަލި ފެތުރުނު މިންވަރާއި އަޅާބަލާއިރު މަރުވި މީހުންގެ އަދަދުވެސް މަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއުޒިލޭންޑުން ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިނުވާތާ މިހާރު ވަނީ ފަސް ދުވަސް ވެފައެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 1504 މީހަކަށް މި ބަލި ޖެހިފައި ވާއިރު އޭގެތެރެއިން 21 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރު ބަލި ޖެހިގެން އެކަހެރި ކޮށްފައި ތިބީ ވެސް 21 މީހެކެވެ. ނަމަވެސް އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ނިއުޒިލޭންޑުގައި ކޮވިޑް-19 ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަން އެޤައުމުގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން ކުރިން ވަނީ އިއުލާނުކުރައްވާފައެވެ. އެއާއެކު މިހާރު އެޤައުމު ތައްޔާރުވަމުން ދަނީ އާންމު ހާލަތަކަށް ދިއުމަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނިއުޒިލޭންޑު ސަރުކާރުން ވަނީ އާންމު ހާލަތެއްގައި އަމަލުކުރަންޖެހޭ އުސޫލުތައްވެސް ކަނޑައަޅާފައެވެ. އެގޮތުން އެޤައުމަށް އެހެން ޤައުމުތަކުން ދަތުރުކުރާ އެންމެން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކުރާނެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ނިއުޒިލޭންޑުގައި ކުޑަވެފައިވުމުން އެޤައުމުގައި ރައްކާތެރި ކަމަށްޓަކައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ލުއި ދީފައެވެ. އެގޮތުން އާންމުންނަށް ޕާކުތަކާއި ރެސްޓޯރެންޓުތަކަށް ދިއުމުގެ ހުއްދަވެސް މިހާރު އެޤައުމުގައި ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖޯން

  ތިތާގަވެސް ބަ ންގާޅި ންއުޅޭ ނަމަ ލާހިކުކުކުޅަދާ ނައެއް ނޫނ ން ސަލާމަތްވާކަށް.

  3
  3
  • އާދިލް

   މިތަނަށް އިނގިރޭސިވިލާތުގަ އުޅުނު ބޮޑުންގެ އާއިލާތަކުން ނައިނަމަ މާލެތެރެއަށް ބަލި އެތެރެވާނެ ކަމަކަށް ނުބެލެވޭ...ބަލި އެތެރެވީ ނުފޫޒުގަދަ ބައެއްގެ ސަބަބުން..ދެން ހުރިހާ ކަމެއް ވަކި ނަސްލެއްގެ ބޮލަށް ޖަހާކަށް ނުޖެހޭނެ..ބިދޭސީން އަންނަނީ ވެސް އަހަރެމެން ދިވެހިންގެ ކަންނެތް ކަމުން އެމީހުންނަށް ކުރާނެ ކަމެއް ނުބާއްވާ ދިވެހިން ހުރިހާ މަސައްކަތެއް ކުރަން ފަށައިފިނަމަ އެމީހުން މިތާކަށް ނާންނާނެ.

 2. ބުރޯ

  ނިއުޒިލޭންޑް ގަވެސް ބަންގާޅީން އުޅޭނެ، ޤަވާއިދު ތައް ވަރަށް ހަރުދަނާ ވާނެ.ރާއްޖޭގަ މިވާގޮތަކީ ަަްްްްް
  ބަންގާޅު މީހުން ދައްތަ ބޭބެ ކިޔާފަ އަންހެނުން ނާއި ދަރިން ކޮޅު ފިލުުުުވާލާފަ ދާއިރުވެސް ވާކަމެއް ނޯވޭ.