ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނިކޮށް އުތުރު ކޮރެއާއިން ފިލަން އުޅުނު ދެމަފިރިއަކު މަރާލައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ދެމަފިރިން މަރާލާފައިވަނީ އެ އަންހެން މީހާގެ ބޭބެގެ ދަރިފުޅު ގޮވައިގެން ކުއްޖާގެ އާއިލާއާއި ހަވާލު ކުރުމަށް ދެކުނު ކޮރެއާއަށް ދާން އުޅުމުގެ ތެރޭގައެވެ. މި ދެމަފިރިންގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާއިރު، 14 އަހަރުގެ ކުއްޖާ ވަނީ ދޫކޮށްލާފައެވެ.
އުތުރު ކޮރެއާއިން ބަޑި ޖަހައި މަރާލާފައިވާ ދެމަފިރިންނަކީ އުމުރުން ދުވަސްވެފައިވާ ދެމަފިރިން ކަމަށްވެސް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.
މިދެމަފިރިން މަރުވެފައިވާއިރު، އެގައުމުގެ ރައްޔިތުން ބުނެފައިވަނީ އެދެމަފިރިން ފިލަން ނިންމި އަނެއް ސަބަބަކީ އެމީހުން ހިންގަމުން އައި ވިޔަފާރި ކޮވިޑް-19 ގެ ސަބަބުން އެއްކޮށް ހުއްޓުމާއި ގުޅިގެން ކަމަށެވެ.
ބައެއް މީހުން ބުނެފައިވަނީ އެމީހުން ފުރަތަމަ އުޅުނީ ޔަލު ކޯރު ބޭނުން ކޮށްގެން ޗައިނާއަށް ދިއުމަށް ކަމަށެވެ. އަދި އޭގެ ފަހުން ދެކުނު ކޮރެއާއަށް ވަނުމަށް ކަމަށެވެ. އެހެން ނަމަވެސް އޭގެ ކުރިން އެމީހުން ވަނީ ހައްޔަރު ކޮށްފައެވެ.
2011 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާގެ ރައީސްކަން ކުރަމުން އަންނަ ކިމް ޖޮންގްއުން އާއި އޭނާގެ އާއިލާގައި ކުރީގެ ވެރިކަން ކުރި މީހުން ވަނީ އެ ގައުމުގެ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުން މަނާ ކޮށްފައެވެ.
ކިމްގެ ހަރުކަށި ސަރުކާރުގައި ފިލައިގެން ދާ މީހުން އަތުވެއްޖެނަމަ ވަގުތުން މަރާލައެވެ. އަދި މިގޮތަށް ފިލައިގެން ދާ މީހުން ނުފެނިއްޖެނަމަ، ނޯތު ކޮރެއާގައި ތިބި އެމީހުންގެ އާއިލާގެ މީހުން ހޯދައި މަރާލައެވެ. ނުވަތަ އުމުރު ދުވަހަށް ގަދަކަމުން އަޅުން ފަދައިން މަސައްކަތް ކުރުވައެވެ.
ކަލޯ ގިޔާމަތް ދުވަހު ދޭ ފިލަން. އެދުވަހު ކަލޮއަށއ އޮތީ ހަމަސީދާ ނަރަކަ
لا حول ولا قوة الا بالله
އެ ހުރީ އެ ގައުމުތަކުގަ ހާލަތު ހުރި ގޮތް، މީސްތަކުންނަށް ހަދާލާ ގޮތް.
އެކަމުވެސް ޔޫރަޕާ އެމެރިކާއަށް މުސްލިމު ގައުމުތައް ނޫނީ ނުފެންނާނެ.
ޚުދު އެމެރިކާގެ ވެސް އެބަ އުޅޭ މި ވީކް ތެރޭގަ ޕޮލިހުން އާއްމު މީހަކު ކަރަށް ފައިން އަރާ އިނދެ ނޭވާ ހާސް ކޮށް މަރާލައިގެން
ފުރަތަމަ ވީ ތިތަނަށް ގޮސް ތި ތަން ހަމަ އަކަށް އަޅުވަން ނޫން. ލާ އިންސީ ގޮތުން ހައްދުފަހަޅަޅާ ގޮސްސަ ވިއްޔާ