ދުނިޔެއިން 9 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމަކަށް އަވައްޓެރި އިންޑިއާ ވެއްޖެއެވެ.

އެޤައުމު ދުނިޔެއިން 9 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކަށް ވެފައި ވަނީ، ކުރިން 9 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ތުރުކީން ފެންމަތިވި ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އަށްވުރެ އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 163,120 އަށް އަރާފައެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބައްޔަށް ފައްސިވީ 5,034 މީހަކު ހިމެނެއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމެއްގެ ގޮތުގައި އޮތް އިންޑިއާއިން މިހާތަނަށް މި ބަލީގައި 4,653 މީހަކު މަރުވެފައި ވެއެވެ. މީގެ ތެރެއިން 119 މީހަކު މަރުވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ.

އިންޑިއާގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން އެޤައުމުން ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ. އެހެންކަމުން މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކެމެކެވެ.

އިންޑިއާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ، 69,534 މީހުންނެވެ. އެހެންކަމުން މިހާރު އިންޑިއާގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނީ 88,933 މީހަކަށް ކަމަށް އެޤައުމުން ބުނެފައި ވެއެވެ. އިންޑިއާއަކީ މިވަގުތު ދުނިޔެއިން 4 ވަނައަށް އެންމެ ގިނަ ބަޔަކަށް މިބަލީގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

އެންމެ ފުރަތަމަ އިންޑިއާއިން ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ބޮޑުވާން ފަށާފައި ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އެއާއެކު އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޭދަނާ

    މީވަރަށް ގަދަބައެއް މިމީހުންއަދި އެއްވަނަވެސް ހޯދާނެ

    3
    1
  2. ީއިބްރާހިމް

    ޥަރައް ރަނގަޅު

    2
    1
  3. ީއިބްރާހިމް

    ބަރާ ބަރު

    3
    1
  4. ލޭލާ އޮ ލޭލާ

    ލޮލް...ފަރުވާ(ގެރީގެ ކުޑަކަމުދާ އެއްޗެހި) އަގަކާ ނުލާ ލިބެން ހުއްޓާ މިވަރު މިވަނީ ކީއްވެބާ. އަންނި އަހާބަލަ މޯދީ ކައިރީގަ.

  5. އެމަންޖެ

    ޓުރަމްޕު ވަރައްދެރަވާނެ ، އެކަމް ނަސީދާ މޯދީގެ ވަރައް ބޮޑު މަގުސަދެއް އެއްވަނަ ހޯދުން.