ދާދި ފަހުން ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް PK8303 އާއި ބެހޭގޮތުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ގުލަން ސަވަރު ވާހަކަ ދައްކަވައިފިއެވެ.

ގުލަމް ވިދާޅުވެފައި ވަނީ ފްލައިޓު އެންމެ ފުރަތަމަ ޖައްސަން އައި އިރުގައި ފްލައިޓުގެ ލޭންޑިން ގިއާ (ފުރޮޅުތައް) ތިރި ނުކުރެވޭކަން ޕައިލެޓު އެއާ ޓްރެފިލް ކޮންޓްރޯލް ޓަވަރަށް އަންގާފައި ނުވާ ކަމަށާއި އަދި އެފަހަރު ފްލައިޓު ޖައްސަން އުޅުމުގެ ތެރޭގައި އޭގެ ދެ އިންޖީނު 3 ފަހަރެއްގެ މަތިން ބިންމަތީގައި ޖެހިފައިވާ ކަމަށެވެ.

މީގެ ސަބަބުން އިންޖީނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަށާއި، ދެވަނަ ފަހަރު ފަލައިޓު ޖައްސަން އައިއިރު، ދެ އިންޖީނުވެސް ފެއިލް ވީ މިކަމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އެއާބަސް އޭ 320 މަރުކާގެ މި ބޯޓުގެ ކަޅުފޮށި މިހާރު ހޯދައި ފްރާންސަށް ވަނީ ފޮނުވާފައެވެ. އެއީ އެ ފްލައިޓު އުފައްދާފައި ވަނީ ފްރާންސްގައި ކަމުގައި ވާތީއެވެ. މީގެ އިތުރުން އޭގެ ދެ އިންޖީނު އުފެއްދި ކުންފުނިން އަންނަނީ އިންޖީނަށް އޭގެ ކުރިން އެއްވެސް މައްސަލަ އެއް ކުރިމަތިވިތޯ ބަލަމުންނެވެ.

ޕާކިސްތާނުގެ މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ފްލައިޓު ފަލްއިޓުގެ އިންޖީނު ރަންވޭ މަތީގައި ޖެހުނުކަން ރަންވޭ އިންވެސް ވަރަަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. އެ ފްލައިޓު އެއާޕޯޓާއި މޭލަކަށް ވުރެންވެސް ކުޑަ ތަންކޮޅަކަށް ވެފައި ވަނިކޮށް މީހުން ދިރިއުޅޭ ހިސާބަކަށް ވެއްޓުުމުން އެއިން ދަތުރުކުރި 97 މީހަކު މަރުވެފައި ވާއިރު ސަލާމަތްވެފައި ވަނީ އެންމެ 2 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެއާ ޓްރެފިކް ކޮންޓްރޯލް ގެ މީހުން ބޯޓު ބިމުގަ ޖެހުނު ވާހަކަ ބުނަން ޖެހޭނެ އަދި ޕައިލެޓަވެސް ޖެހޭނީ ފުރޮޅު ނެތަސް ބިމަށް ތިރިކުރަން.ހަކާކުވެފަ އިންބޯޓެއް އުދުއްސާގެންނުވާނެ.