ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1,294 މީހަކު މަރުވެއްޖެ އެވެ. މިއީ އެޤައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި މަރުވި ފަހަރެވެ.

ބްރެޒިލް އިން މި ބަލީގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު، މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 26,991 އަށް އަރާފައެވެ.

ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 24,151 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވި ފަހަރުވެސް މެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 438,812 އަށް އަރާފައެވެ.

ބްރެޒިލް އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 193,181 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާއިރު، ބްރެޒިލްގައި ދަނީ އެފަދަ ފިޔަވަޅުތައް އެޅުމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ އިސްވެ ހުރެ ކުރިޔަށްގެންދާ މި މުޒާހަރާތަކުގައި ގޮވާލަމުން ދަނީ، ސްޓޭޓްތަކުގެ ގަވަރުނަރުން، އެ ސްޓޭޓްތަކުގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތައް ވަގުތުން އުވާލުމަށެވެ.

ބްރެޒިލްގެ ރައީސް ބުނާގޮތުގައި ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެކެވެ. އެހެންކަމުން އެކަމާއި ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި ޤައުމު ހުޅުވާލައި އާންމު ދިރިއުޅުމަށް އެންމެންވެސް ދާން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އެހެން ޤައުމުތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާތީ އެކަމަށް ފާޑުކިޔަމުންނެވެ.

މީގެ އިތުރުން، ބަލީގެ ކުރީކޮޅު އޭނާ ބުނެފައި ވަނީ، ބްރެޒިލްގެ ރައްޔިތުންނަށް މި ބަލި ޖެހުމަކީ ދުރު ކަމެއް ކަމަށާއި، އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފައިބައި ތިއްބަސް މި ބަލީގެ އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އޭނާ އެވާހަތަކައް ދެއްކިތާ ގިނަ ދުވަސްތަކެއް ނުވެ ބްރެޒިލްގައި ވަކީ ނުރައްކާ ދެގުނަވެފައެވެ. މިހާރު އެޤައުމަކީ މުޅި ދުނިޔެއިން ވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ދެމަހެއްހާ ދުވަސް ތެރޭގައި ދުވާލަކު އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހޭ އެމެރިކާއަށްވުރެ ދުވަހެއްގެ މައްޗަށް ބްރެޒިލް އިން ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ދުވަހު ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި އިއްޔެ އެޤައުމުން ވަނީ އެމެރިކާއިން މި ބަލީގައި އިއްޔެ މަރުވި މީހުންނަށްވުރެ ގިނަ މީހުން މަރުވެފައެވެ.

ކޮވިޑް-19 އަކީ ފަހުގެކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާއިރު، ބްރެޒިލްގައި ދަނީ އެފަދަ ފިޔަވަޅުތައް އެޅުމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ އިސްވެ ހުރެ ކުރިޔަށްގެންދާ މި މުޒާހަރާތަކުގައި ގޮވާލަމުން ދަނީ، ސްޓޭޓްތަކުގެ ގަވަރުނަރުން، އެ ސްޓޭޓްތަކުގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތައް ވަގުތުން އުވާލުމަށެވެ.

ބްރެޒިލްގެ ރައީސް ބުނާގޮތުގައި ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެކެވެ. އެހެންކަމުން އެކަމާއި ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި ޤައުމު ހުޅުވާލައި އާންމު ދިރިއުޅުމަށް އެންމެންވެސް ދާން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އެހެން ޤައުމުތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާތީ އެކަމަށް ފާޑުކިޔަމުންނެވެ.

މީގެ އިތުރުން، ބަލީގެ ކުރީކޮޅު އޭނާ ބުނެފައި ވަނީ، ބްރެޒިލްގެ ރައްޔިތުންނަށް މި ބަލި ޖެހުމަކީ ދުރު ކަމެއް ކަމަށާއި، އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފައިބައި ތިއްބަސް މި ބަލީގެ އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އޭނާ އެވާހަތަކައް ދެއްކިތާ ގިނަ ދުވަސްތަކެއް ނުވެ ބްރެޒިލްގައި ވަކީ ނުރައްކާ ދެގުނަވެފައެވެ. މިހާރު އެޤައުމަކީ މުޅި ދުނިޔެއިން ވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ދެމަހެއްހާ ދުވަސް ތެރޭގައި ދުވާލަކު އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހޭ އެމެރިކާއަށްވުރެ ދުވަހެއްގެ މައްޗަށް ބްރެޒިލް އިން ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ދުވަހު ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި އިއްޔެ އެޤައުމުން ވަނީ އެމެރިކާއިން މި ބަލީގައި އިއްޔެ މަރުވި މީހުންނަށްވުރެ ގިނަ މީހުން މަރުވެފައެވެ.

ފަރުވާއެއް ހޯދިފައި ނުވާ، އަދި ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ މި ބަލިމަޑުކަމާއި ގުޅިގެން ބްރެޒިލްގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައި ވައިރަސް އިތުރަށް ފެތުރި ޤައުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާފަދަ ގޮތަކަށް ކަންކަން ހިންގުމަށް ބްރެޒިލްގެ ރައީސް ބާރުއަޅަމުންދާތީ އެޤައުމުގެ ރައްޔިތުންވެސް ކަންބޮޑުވެއެވެ.