އެމެރިކާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލައިފިއެވެ.

އެމެރިކާގެ ވައިޓްހައުސްގެ ރޯސް ގާޑެންގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލަން އެމެރިކާ އިން ނިންމާފައިވާ ކަމަށާއި، ޑަބްލިއުއެޗްއޯ އަށް މިހާތަނަށް އެމެރިކާ އިން ދެމުން އައި ފަންޑް ދެން ފޯރުކޮށްދޭނީ "ޗައިނާ އިން ބުނާހާ ގޮތެއް ނުހަދާ ޖަމިއްޔާތަކަށް" ކަމަށެވެ.

އެމެރިކާ އިން ޑަބްލިއުއެޗްއޯ އަށް ދެމުން އައި ފަންޑު ދިނުން ހުއްޓާލާނެކަން ޓްރަމްޕް އިއުލާން ކުރިތާ މިހާރު މަހެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް ފަހުން ޓްރަމްޕް ބުނެފައި ވަނީ ފަންޑް ހުއްޓާލުމާއި މެދު ވިއްސާނެ ކަމަށެވެ. އެހެންކަމުން މިރެއާއި ހަމައަށް އުއްމީދު ކުރެވިފައި އޮތީ ޓްރަމްޕްގެ ނިންމުން ބަދަލު ކުރާނެ ކަމަށެވެ.

އެހެންނަމަވެސް ފަންޑު ހުއްޓާލުމުގެ އިތުރުން ޑަބްލިއުއެޗްއޯ އާއި އެމެރިކާ އިން ފަންނީ މައުލޫމާތު ހިއްސާ ކުރުމާއި، އަދި ޑަބްލިއުއެޗްއޯ މެދުވެރިކޮށް އެމެރިކާ އިން މައުލޫމާތު ހޯދުން ވެސް ޓްރަމްޕް މިރޭ ނިންމި ނިންމުމާއި އެކު ނިމުމަކަށް އަންނާނެއެވެ.

ޓްރަމްޕް މިރޭ ވެސް ބުނީ ކޮވިޑް-19 އެމެރިކާ އާއި އަދި ދުނިޔޭގައި ވެސް ބޮޑަށް ފެތުރިގެން ދިޔައީ ޑަބްލިއުއެޗްއޯ އިން އެކަށީގެންވާ އަވަސް މިނެއްގައި ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށެވެ. ޓްރަމްޕް މިރޭ ވެސް ވަނީ ކޮވިޑް-19 ގެ ބަދަލުގައި އެއީ "ވޫހާން ވައިރަސް" ކަމަށް ބުނެ، ޗައިނާއަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލަން ޓްރަމްޕް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިންނި

    ޢަޖައިބު ޑ އޗ އ ހިނގަނީ ޔޫ އެންގެ ދަށުން ޔޫ އެން ހިންގަނީ ޒަޔަނިސްޓުން އެމެރިކާގެ ކޮންމެ
    ސަރުކާރެއްވެސް ހިންގަނީ ޒަޔަނިސްޓން އިޒްރޭލަށް ފޭވަރކޮށް ހުރިހައި ކަމެއް ވީޓޯ ކުރަނީ އެމެރިކާ ދެން އެމެރިކާ ޔޫ އެންގެ އެއްވެސް ގުނަވަނަކަށް ފަންޑުކުރުން ކިހިނެއް ހުއްޓާލާނީ އެހިސާބުން އިޒްރޭލްގެ ނެތިދިއުން އެ ފެށުނީ

  2. ބޭޗާރާ

    މިހާރު އެންމެން ދަނީ ދުނިޔޭގައި އެންމެ ބޮޑެތި ދޮގާއި މަކަރާއި ހީލަތާއި ފުރައްސާރައާއި ޖެއްސުންކުރާ ގައުމަކީ އެމެރިކާކަން. މޫނުމަތި ރީތިކުރަން ކިތަންމެ ސަޅިބައިސާއެއް ކެނޑިޔަސް މިހާރު ތިދައްކާ ވާހަކަ ގަބޫލުކުރާނެ އިންސާނަކު ނުހުންނާނެ. އެކަން އެޖަމާއަތަށްވެސް އެނގޭ. ދަތްއަޅާނެވަރު ހުންނަ ކުއްތާއެއް ވައްވަކެއް ނުޖަހާނެކަން. އަދި އެޖަމާއަތަށް އެނގޭ ތިޔައީ މިހާރު ސަފުން ބާކީވަމުން އަތްމަތި ހުސްވަމުން ހުލިވަމުންދާ ގައުމެއްކަން. ވެރިއަކަށް ހުރީ ނާޗާރުބިޗާރު ވެފައި ހުރި މީހެއްކަން. ވަނާޖުންބޭސާ ގަޔަކު ވަރު ނުހުންނާނެ ކަން. ވަރު ހުންނާނީ ފައިސާގައިކަން. ފައިސާ ހުރީ ޗައިނާގައިކަން.

  3. ޔޫސް

    މިގައުމުގަ ހުންނާނެ ތީގެ އެކަކު