އިންޑިއާގެ ނަން ބަހާރަތު، ނުވަތަ ހިންދުސްތާން އަށް ބަދަލު ކުރަން އެގައުމުގެ ސުޕްރީމް ކޯޓަށް މީހަކު މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ނިއުދިއްލީއަށް ނިސްބަތްވާ މީހެކެވެ. އޭނާ ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ބާއްވަން ތާވަލް ކުރި ނަމަވެސް މިހާރު ވަނީ އަންނަ އަންގާރަ ދުވަހަށް އަޑުއެހުން ފަސްކޮށްފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުގައި އިންޑިއާ އަކީ އިނގިރޭސި ނަމަކަށް ވުމުން އިނގިރޭސިވިލާތުގެ އިސްތިއުމާރީ އަސަރުތައް އަދިވެސް އިންޑިއާ އިން ފިލައިގެން ނުދެއެވެ. އެހެންކަމުން އިންޑިއާގެ ނަން އިންޑިއާގެ ސަގާފަތާއި، އަމިއްލަ ވަންތަކަމާއި ގުޅޭ ނަމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އިނގިރޭސި ރަމުޒުތަައް އަހަރެމެންގެ ގައުމުގެ ނަމުން ނެގުމުން އަމިއްލަ ވަންތަކަން ލިބިގެން ދާނެ. މިއީ ކުރިއަށް އޮތް ޖީލްތަކަށްޓަކައި ވެސް ކުރަން ޖެހޭ ކަމެއް." މައްސަލަ ހުށަހެޅި މީހާ ބުންޏެވެ.

އިންޑިއާގެ ޤާނޫނު އަސާސީ ފުރަތަމަ 1948 ވަނަ އަހަރު އެކުލަވާލި އިރު ވެސް އިންޑިއާގެ ނަމަކަށް ބަހާރަތު ނުވަތަ ހިންދުސްތާން ކިޔަން ވަރަށް ގިނަ ބަޔަކު ބާރުއެޅިއެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ބުނީ އިންޑިއާގެ ސްޓޭޓްތަކުގެ ނަން ބަދަލު ކުރެވޭނަމަ އިންޑިއާގެ ނަން ވެސް ބަދަލު ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މިއީ އިންޑިއާއިން، އިންޑިއާގެ އުސޫލުތަކާއި ހަމަތަކަށް ފެތޭ ނަމެއް ކިޔަންވީ ވަގުތު ކަމަށް އޭނާ ބުނެއެވެ.

އިންޑިއާގެ ނަން ބަހާރަތު ނުވަތަ ހިންދުސްތާންގެ ނަމަށް ބަދަލު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އިންޑިއާގެ ނަން ބަދަލު ކުރުމުގެ ބަހުސް އަނެއްކާވެސް އާއްމުންގެ ތެރޭގައި ފެށިގެން ހިނގައިދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މޯދީ

    އެހެން ވެގެނެއް ނޫން. ހިންދުސްތާނަށް ބަދަލު ކުރަނީ އިންޑިޔާ މީހުން މުސްލިމުން ދެކެ ނަފްރަތު ކުރާ ވަރުން. ހިންދޫ ޤައުމަކަށް ހަދަން ވެގެން

    83
  2. މޭރާ ބާރަތު މަހާނަ

    ކަލޭމެން އަވަސް ވެގަންނަންވީ މޯދީގެ ނަން ބަދަލުކުރަން! އޭނާގެ ނަން ގެރިމޯދީ އަށް ބަދަލުކުރެވޭތޯ އުޅެބަލަ!!

    78
    1
  3. Anonymous

    މި ހިންދޫން އުޅެނީ އިންޑިޔާއަކީ އެމީހުންގެ ތަނަކަށް ހަދަން. އިންޑިއާ އަކީ ހަމައެކަނި ހިންދޫންގެ ގައުމެއް ނޫން. ގާނޫނީ ގޮތުންވެސް އިންޑިޔާ އަކީ ސެކިއުލާރ ގައުމެއް. އެހެންވީމާ ހިންދުސްތާނޭ ބަހާރާތޭ ނުކިޔޭނެ.

    60
  4. ައާންމުން

    ގެރިޑއާ ނޫނީ ގެރިސްތާނު ކިޔަން ރަނގަޅު

    58
  5. އައްޑޫ މީހާ

    ނަން އަނެތް ދިވެހިރާއްޖެއަށް ބަދަލުކުރޭ

    46
    2
  6. އަހްމަދު

    ހިންދުސްތާނު ކިޔާފިއްޔާ ތިކަމާ އުފާވާނެ މަދު ދިވެހިންކޮޅެއް މިޤައުމުގައި އުޅޭނޭ! އެއީކޮން ބައެއްކަން އިތުރަށް ނުބުންޏަސް އެނގޭނެ ދެއްތޯ!

    34
  7. ގޮލަދޫމިލަ

    ރަނގަޅު ވާހަކައެއް. ހިންދުސްތާން ވެސް ރަނގަޅު

    6
    18
  8. އަސޭލާ ކ

    ރޭޕް ހިންދުސްތާ ބަރާބަރު ވާނެ އެއީ ސަގާފަތް

    36
    1
  9. އަހްމަދު

    ނަންބަދަލުކުރާނަމަ އެންމެއެކަށޭނަ ނަމަކީ ރޭޕްސްތާނު

    33
  10. އުސައިދު

    "ރޭޕިސްތާން" އެންމެ ގުޅެނީ

    34
  11. ބޭޗާރާ

    ހިންދުސްތާނު ކިޔަނީ ހިންދީންގެ ތަނަކަށްވާތީއެއް ނޫން. މުޙައްމަދު ބިން ގާސިމް ހިންދުކަރަ ފަތަހަ ކުރެއްވިއިރު އެތަން އޮތީ އެތައް ބަޔަކަށް އެތައް ރަސްކަލުންގެ ބެލުމުގެ ދަށުގައި، އެތަނުގައި މުޝްރިކުންގެ އެތައް ބަޔަކު އެތައް ދީނަކަށް އުޅުނު. މިތަން ފަތަޙަކޮށްފައި އިސްލާމީ ފުތޫހާތު ފުޅާކުރައްވައި ވެރިކަމުގެ ނިޒާމުތައް ހަމަޖައްސަވައި އެއްތަނެއްގެ ގޮތުގައި ހިންގަން ފެށީ މުސްލިމުން. އޭގެފަހުން މުސްލިމް އެތައް ރަސްކަލުން މިތަނުގައި ރަސްކަންކުރެއްވި. މަޝްހޫރު ތާޖު މަހަލްއަކީ މީގެ ނަމޫނާއެއް. ޒަމާންތަކަށްފަހު ހިންދީން މިއީ އެމީހުންގެ އަމިއްލަ ތަނަކަށް ހަދައިގެން އުޅެނީ. މިހާރު އެތަނުގައިތިބި މުސްލިމުންނަކީވެސް ހަމަ ހިދުސްތާނު ދަރިކޮޅުގެ މީހުން. ވަކި ދީނަކަށް އުޅުމަކީ ތަނެއްގެ ރަށްވެހިންނަށް ނުވާންވީ ސަބަބެއް ނޫން. މިތަނަކީ މުސްލިމުންގެވެސް ތަނެއް. އިނގިރޭސީންނަކީ މިތަނަށް އައިސް ވެރިވެގަތް ބައެއް. އިނގިރޭސީން މިހިސާބު ދޫކޮށް ދިޔައީ މުޅި ރީޖަނުގައި ހަމަނުޖެހުން އުފެދޭނެ ހައި ކަމެއް ކޮށްފައި. ރާއްޖޭގެ ދެކުނުގައި ހިނގި ބަޣާވާތުގެ އަސްލަކީވެސް އިނގިރޭސީން.

    26
    2
  12. ޙަނިފު

    ގެ ރިޕިސްތާނު ކިޔާބަލޭ!

    22
    1
  13. Mr.doc

    ތާހިރު ނަމެއް ކިޔަން ތިއުޅެނީ.........އިންޑިޔާ ޓީޗަރުން ވެސް މި ގައުމުން ބާލާފަ، ޕާކިސްތާން ކަހަލަ މުސްލިމް ގައުމެއްގެ ޓީޗަރުންނާ.ޑޮކްޓަރުންނާ ގެންނަން ވީ ގެރިބާރަތު ގެ މިބައިން ދިވެހި އުންމަތް ސަލާމަތް
    ކޮށްދެއްވާންދޭވެ...އާމީން.....

  14. މުހައްމަދު މުދުހިޝް Mudhish

    ރާއްޖޭގެ ރަސްމީ ނަމަކީ ދިވެހިރާއްޖެ. ވީމާ އިނގިރޭސިބަހުން ވެސްް ރަސްމީކޮށް އދ އާއި އެނޫން އިދާރާތަކުން ވެސް ބޭނުންކުރަން ޖެހޭނީ އެގޮތަކަށް ކަމަށް ސުޕުރީމުކޯޓަށް ހުށަހަޅަންޖެހޭ.

  15. ބޯގެރި

    ގެރިމޯދީ މޮޔަވަނީ!

    10
  16. އަރެންގެ ވަގުތު

    ގެރި މޯދިސްތާާން ކިޔާބަލަ

  17. ޖޯން

    ރޭޕިސްތާނު ކިއްޔާ ކިހިނެއްވާނެތޯ. އޭރުން ދިވެހިރާއްޖެވާނީ ރޭޕިސްތާނު ކަނޑުގައިއޮންނަ ޖަޒީރާގައުމަކަށް.

  18. Anonymous

    ތި ގައުމަށް ކިޔަން ބީ ގެރިޖީ

  19. ރަސީދު

    ހިންދުސްތާން ކިޔާ ގައުމެއް ދިވެހި ރާއްޖެ ކާރީގަ އޮންނަ ކަން ގަދީމީ ފޮތްތަކުން އެގެން އެބަހުރި، އަދި 400 އަހަރު ވަންދެން އިނގިރޭސީން، އަދިވެސް ޔޫރަޕުގެ ބައެއް ގައުމުތަށް ހިމެނޭގޮތައް ހިންދު ކަރާއިގެ މީހުން އަޅުވެތި ކޮއްގެން ޖަނަވާރުންނައްވުރެންވެސް ނިކަމެތި ކޮއްގެން ހަތަރު ގަރުނު ވަންދެން ތިބިކަމީ ހަގީގަތެވެ. ޢެކަންތަށް ފިލުވާލަން އުޅުމަކީ ނުވާނެ ކަމެށް.

  20. ނީމް

    ހިންދުސްތާން މި ލަފުޒަކީ 'ހިންދޫ ދީނާ ގުޅުން ހުރި ނަމެއް ނުން! ހިންދު މިއީ އަރަބުން ވެސް ކިޔާ ގޮތް! މި ނަން އައިސް ފައިވަނީ ' އިންދުސް' ނުވަތަ 'އިންޑަސް' ކޯރަށް އިންދުސް ހިންދު އަށް ބަދަލް ވީ! އިންޑިޔާ ގަ މުސްލިމުން ވެރި ކަން ކުރި އިރު ފާރިސް ކަރައިން މީހުން ވަޒަންވެރިވެ ބާހރަތު އަށް 'ހިންދުސްތާން ' ކީ! ހިންދީ ދީނުގެ މީހުން އިންޑިޔާ އަށް ކިޔަނީ ބާހރަތު' ހިންދުސްތާނަކީ މުސްލިމުން ދިން ނަމެއް!