ދާދި ފަހުން ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރިން އިންޑިއާ އަށް އެތެރެވި ކޮތަރެއްް އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ޕާކިސްތާނަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި އިންޑިއާ އިން އެ ކޮތަރު ހައްޔަރު ކުރި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން މިހާރު އެ ކޮތަރު ވަނީ ދޫކޮށްލާފައެވެ.

އަރަބި ގައުމެއްގެ މީޑިއާ އަކާއި ވާހަކަ ދައްކަމުން ކޮތަރު ހައްޔަރު ކުރި ސަރަހައްދުގެ ޕޮލިސް ސުޕާއިންޓެންޑެންޓު ޝައިލެންޑްރަ މިޝްރާ ބުނެފައި ވަނީ ކޮތަރު ހައްޔަރު ކުރީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށާއި، ހައްޔަރު ކުރުމަށް ފަހުގައި ދޫނިތައް ބަލާ ޑޮކްޓަރެއް ކައިރިއަށް ގެންގޮސް އެ ކޮތަރު ބަލާފައިވާ ކަމަށެވެ.

” ކޮތަރު ފެނުނު އިރު އޭގެ ގައިގައި ވަނީ ފިޔާތޮށި ކުލަ ޖައްސާފައި. އަދި އޭގެ އެއް ފައިގަ އޮތް ހާއްސަ ޓެގެއްވެސް އަޅުވާފަ. އަހަރެމެން އޭތި ޑޮކްޓަރަށް ގެންގޮސް ބެލިން“ މިޝްރާ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އެ ކޮތަރަކީ ޕާކިސްތާނުގެ ޖާސޫސެއްކަން ކަށަވަރު ނުކުރެވޭ ކަމަށާއި އެގޮތަށް ވާހަކަ ދެއްކީ އިންޑިއާގެ މީޑިއާތަކުން ކަމަށެވެ.

ކޮތަރު ހިފި ސަރަހައްދަށް އޭތި މިހާރު ދޫކޮށްލާފައި ވާއިރު، ބައެއް ރިޕޯޓުތައް ބުނާގޮތުން އެއީ ޕާކިސްތާން ފަޅީގައި ދިރިއުޅޭ އާއްމު ރައްޔިތެއްގެ ކޮތަރެކެވެ. އޭނާ ވަނީ އެ ކޮތަރު ހިފައިގެން މީގެ ކުރިން ހުންނަ ވީޑިއޯ އެއްވެސް އާއްމު ކޮށްފައެވެ.

އެ ކޮތަރު ދޫކޮށްލި ނަމަވެސް، ކޮތަރު އަދި އޭގެ ވެރިމީހާ ކައިރިއަށް އައިސްފެއް ނުވެއެވެ. މީގެ ކުރިންވެސް އިންޑިއާ އިން ޕާކިސްތާނުގެ ޖާސޫސުން ކަމަަށްބުނެ ކޮތަރުތަކެއް ހައްޔަރުކޮށްފައިވެއެވެ. ކޮތަރަކީ ދެވަނަ ބޮޑު ހަނގުރާމާގައި އެމެރިކާ އަސްކަރިއްޔާ އިން ދުޝްމަނު ސްނައިޕަރުން ތިބި ތަންތަން ހޯދުމަށް ބޭނުންކުރި ދޫންޏެކެވެ. މިކަން ހުއްޓުވަން ޖަރުމަނުން ވަނީ އެ ކޮތަރުތައް މަރަން ބާޒުތަކެއް ތަމްރީން ކޮށް، އޭގެ ބޭނުން ހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސާމިޔާ

    ކީއްވެބާ އެސޮރުޖަލަށްނުލީ ؟

    21
    • ސަމާލް

      ކުއްސާބިތުނުވީ

      13
  2. ޖުލައި

    މީ ދެން ބޮޑު ވަރު، މިހާބޮޑު ގަމާރު ބައެއް މަނުދެކެން! މި މީހުން ހިންޏެއް ވެސް އަތުލާގަނެގެން ބުނެފާނެ ޕާކިސްތާނު ހިންޏެކޭ.

    22
  3. އާދަމުގެދަރި

    އެ ސޮރު ތަޙްގީގަށް ދިން ބަޔާނުގައި އޮތީ ކީކޭބާ؟ ތަހްގީގު ބަޔާނުގައި ސޮއިނުކުރީމާ ބައިންދަބައިންދާފައި ދޫކޮށްލީތަ؟ މި ފަހަރު އެސޮރު ޖަލަށްލާވަރުގެ ހެތްކެއް ގަރީނާއެއްގެ މިންވަރުވެސް އަތުނުޖުހުނީ ކަމަށް ވެދާނެ.

    12
  4. ސަމާލް

    ކުއްސާބިތުނުވީ

  5. ކޮތަރު

    އީ ރުގެ ދެން

  6. ދަރަނި ދަންތުރަ

    ކޮތަރު މޯދީއަށް ހަޔަކުން ހަތަކަށް ދިނީމަ ބިރުން ދޫކޮށްލީ...

  7. އަލީ

    ތިވާނީ ޕީޕީއެމް ކޮތަރެއް ކަމަށް މިހެން މިބުނީ ޕިންކް ކުލަ ޖައްސާފަ ހުރުމުން. ގެރި މޯދީ ހަދާ ނަހަދާ ބަލަން ޔާމީން ފޮނުވި އެއްޗަކަށް ވާނީ

    2
    2
  8. އައްޓަމަސް

    އިންޑިޔާ އިޡް ދަ ބެސްޓު ކިޔާމީހަކު ރައްޖޭގައި ހުރިކަން ހަނދާންކޮއްގެން ކޮމެންޓުކުރަތި ރުޅިދުރުވެ ނޫސްތަކަށް ކޮމެންޓުފައިންލިއަން ގާނޫނެއްހަދާފަނެ