އައިއެސް ޖަމާއަތުން އިނގިރޭސިވިލާތް ހިފާނެ ކަމުގެ އިންޒާރު ދީފިއެވެ.

ADS BY AVID COLLEGE

ސީރިޔަން އޮބްޒަރވޭޓަރީ ފޯރ ހިއުމަން ރައިޓްސްއިން ބުނިގޮތުގައި އެއިންޒާރުދޭ ވީޑިޔޯ އާއްމުކޮށްފައިވަނީ އިއްޔެއެވެ.

އިއްޔެ އާއްމުކުރި ވީޑިޔޯގައި އައިއެސްގެ ފަރާތުން ވާހަކަ ދެއްކި ޖައްލާދުވަނީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަކީ މޮޔައެއް ކަމަށް ބުނެފައެވެ.

އޭގެ އިތުރުން އެ ވީޑިޔޯގައި އައިއެސް އިން ވަނީ ފަސް މީހަކު މަރާލާފައެވެ. އައިއެސްއިން ބުނާ ގޮތުން އެ ފަސްމީހުންނަކީ އައިއެސްއާއި ދެކޮޅަށް އިނގިރޭސިވިލާތަށް ޖާސޫސްކޮށްދިން ފަސްމީހުންނެވެ. އެ މީހުން މަރާލާފައިވަނީ ބަޑި ޖަހައިގެންނެވެ.

ބައެއް މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ކެމަރަންއަށް އިންޒާރުދީފައިވަނީ އެ ޤައުމުގެ ކުޑަކުއްޖެކެވެ. އެ ޤައުމުގެ ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައި ނުވިޔަސް އެކުއްޖާގެ ފޮޓޯއެއްކަމަށް ބުނާ ފޮޓޯއެއްވަނީ އާއްމުވެފައެވެ.

ވީޑިޔޯއިން ފެންނަ ގޮތުގައި ފަސް ޖާސޫސުން އެކަން ކުރިކަމަށްވަނީ އެއްބަސްކުރުވާފައެވެ.

މި ވީޑިޔޯގެ ތެރެއިން ކެމަރަންއަކީ 'ވައިޓް ހައުސް'ގެ އަޅެއްކަމަށްވަނީ ބުނެފައެވެ. އަދި ކުޑަ ރަށެއްގެ ވެރިއަކު އަތުން ގުނާލެވޭހާ މަދު ބޯޓުތަކަކާއިއެކު އިންޒާރު ދިނުމުން ބިރު ނުގަންނަކަމަށް އައިއެސްއިންވަނީ ބުނެފައެވެ.

ADS BY SHEESHA

އިނގިރޭސިވިލާތުން މީގެ ކުރިން އައިއެސްއަށް ހަމަލާދޭނެކަމަށްވަނީ ބުނެފައެވެ. އެ ޤައުމުގެ ރޯޔަލް އެއަރފޯސްއިން ހާމަކުރާގޮތުގައި އޮކްޓޯބަރ 2014 ފެށިގެން އޮކްޓޯބަރ 2015އަށް އާރުއޭއެފުން ދިން ހަމަލާތަކުގައި އައިއެސްގެ 396 ހަނގުރާމަވެރިންވަނީ މަރާލާފައެވެ.

4 ކޮމެންޓް

  1. މިވަރުންވެސް އައިއެސް އަށް ތާއީދުކުރާމީހުން ރާއްޖޭގައި................

  2. އިބްރާހިމް މުހައްމަދު އެމީހުން އެއްބަސްވީ. ކަލޭމެންގެ ލާދީނީ ކަންވެސް އިންތިހާއައް ބޮޑޭ. އިންޝާﷲ އިނގިރޭސި ވިލާތް ކީއްކުރަން މުޅި ދުނިޔެ ހިފާނަން އިންޝާﷲ. ޚަވާރިޖިންނަކީ ކޮބައިކަން ނޭގޭ މުނާފިގުން މިއުޅެނީ. މުނާފިގުންނަކީ ތާ އަބަދުވެސް ދުނިޔޭގައި އުޅޭނެ ބައެއް. ކަލޭމެން ފުރަތަމަ ﷲ ސުބުހާނަހޫ ވަތަޢާލާ ފަރްޞް ކުރެއްވި 5 ނަމާދައް ރައްކާތެރިވެވޭތޯ ބަލާ

  3. ތިއޮތީ ޖިހާދުކުރެވިފަ. ޢޮރިޖިނަލް ހަވާރިޖުން.
    އިސްލާމްދީން ހުތުރުކުރާ ތަކްފީރީ ޖަމާޢަތެއް.

    • އެވަރުންވެސް އައިއެސްއަށް ތާއީދުކުރާ މީހުން ރާއްޖޭގައި....................