އިންޑިއާގެ މަތެރަން ބީޖޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންތަކެއް ކޮވިޑް-19 އަށް ފައްސިވި ނަމަވެސް، އެ މީހުން މަސައްކަތަށް ނުކުންނަން ވަނީ މަޖުބޫރު ވެފައެވެ. އެ މީހުން ކަރަންޓީނަށް ދިއުމުގެ ބަދަލުގައި މި ވަނީ މަސައްކަތަށް ނުކުމެފައެވެ. މިގޮތަށް މިކަން ވާން ޖެހުނީ އެތަނުގައި މަސައްކަތް ޑޮކްޓަރުންނާއި ނަރުހުން މަދުވެ، ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ވަމުން ދާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަސައްކަތަށް ނުކުތް މީހުންގެ ތެރޭގައި އަޔުރްވެޑިކް ޑޮކްޓަރެއް ހިމެނެއެވެ. އޭނާއަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭނާ ކޮވިޑް-19 ޖެހުމުން ޕްރޮޓެކްޓިކް އިކިއުޕްމެންޓާއެކު މަސައްކަތަަަށް ނުކުތުމަށް އެންގި ކަމަށް ރިޕޯޓްތައް ބުނެެއެވެ.

އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ދެ ސްޓާފަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ 10 މުވައްޒަފަކު ކަރަންޓީނަށް ދާން ވަނީ ޖެހިފައެވެ. އެހެން ނަމަވެސް އެ މީހުންވެސް ތިބީ ޑިއުޓީގައެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި، މުމްބާއީން މަތެރަން އަށް ދިޔަ މީހަކު ކޮވިޑް-19އަށް ފައްސިވުމުން، އޭނާއާ ގާތުން މަަސައްކަތްކޮށްފައި ވަނީ އަޔުރްވެޑިކް ޑޮކްޓަރު ހިމެނެއެވެ. އަދި އޭނާ ވަނީ އެތަނުގައި މަސައްކަތް ކުރާ އެެހެން މުވައްޒަފުންނާއެކު މަސައްކަތް ކުރަން ފަށާފައެވެ.

"އަހަރެންގެ ޕޭޝަންޓް ކޮވިޑް-19 އަށް ފައްސިވުމުން އަހަރެން އަމިއްލައަށް އައިސޮލޭޓްވިން ސްޓާފުންނާއި".

އޭނާ ބުނީ، އޭނާގެ ގައިން ބަލީގެ އަލާމާތްތައް ނުފެނުމުން، އޭނާ ހުރީ ހޮސްޕިޓަލް ކައިރީ ހުރި ތަނެއްގައި އެކަހެރިވެގެން ކަމަަށެވެ.

"އަހަރެން ކައިރީ ބުނީ، ޕޭޝަންޓުންނަށް ފަރުވާ ދޭން ފޯނުން ގުޅައިގެން، ނޫނީ ޕީޕީއީ އަޅައިގެން ގޮސް. އަހަރެންނާއި ހެދި އެ ހޮސްޕިޓަލްގެ ސްޓާފުން ކޮވިޑް-19ގެ ބިރުވެރިކަމަށް ހުށަޙެޅުނުއިރު، އެ މީހުން އަދިވެސް އުޅެނީ މަސައްކަތުގައި". އެ ޑޮކްޓަރު ޓައިމްސް އޮފް އިންޑިއާ ނޫހަށް ބުންޏެވެ.

އޭނާ ބުނީ، ސަރުކާރުގެ ގައިޑްލައިންގައި ކޮވިޑް-19 އަށް ނަރުހުންނާއި ޑޮކްޓަރުން ފައްސިވިޔަސް މަސައްކަތުގައި ނޫޅުމަށް އަންގާފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު