ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ފުރަބަންދު އިއުލާން ކޮށްފައިވާއިރު، ދާދި ފަހުން އެ ގައުމުން ވަނީ ފުރަބަންދުގެ މުއްދަތުވެސް އިތުރުކޮށްފައެވެ. މިއާއިއެކު އެ ގައުމުގެ އިންޓަނޭޝަނަލް ވައިގެ ދަތުރުފަތައް ކުރުމުގެ ހުއްދަ ދިނުން އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ވަނީ ފަސްކޮށްފައެވެ.

އެ ގައުމުގެ ހޯމް މިނިސްޓްރީ އިން އިއްޔެ ބުނެފައި ވަނީ މާޗް 25ގައި އިއުލާން ކުރި ފުރަބަންދު ލުއި ކުރުމުގެ ފުރަތަމަ ފޭސް ޖޫން 8 ގައި ފެށިގެން ދާނެ ކަމަށާއި މިއާއިއެކު ފުރަބަންދަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ޝޮޕިން މޯލްތަކާއި ރެސްޓޯރެންޓުތަކުގެ އިތުރު ދީނީ އަޅުކަންތައް ކުރާ ތަންތަން ހުޅުވުންވެސް ހިމެނެއެވެ. ނަމަވެސް، ވައިރަސް އެންމެ ގަދައަށް ފެތުރޭ ހިސާބުތަކުގައި މި ލުއިތައް ލިބިގެނެއް ނުދާނެއެވެ.

ހޯމް މިނިސްޓްރީގެ މި ނިންމުމާއި އެކު ސިވިލް އޭވިއޭޝަނުން ބުނެފައި ވަނީ މި ފެށޭ ޖޫން މަހުގެ 30ވަނަ ދުވަހުގެ ދަންވަރު 00:00ން ފެށިގެން އެ ގައުމުގެ އިންޓަނޭޝަނަލް ވައިގެ ދަތުރުފަތުރުތައް ހުޅުވާލެވޭނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދެމަސް ދުވަހަށް ފަހުގައި އިންޑިއާގެ އެތެރޭގެ އުދުހުންތައް ފެށުމުގެ ހުއްދަ ދީފައިވާއިރު، އިންޑިއާ އަކީ މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު