ދާދި ފަހުން މުޅި ދުނިޔެއަށް ސިހުމެއް ގެނުވި އެއް ހަބަރަކީ އެމެރިކާގެ މިނިއާޕޮލިސްގައި ފުލުހުންތަކެއް ކަޅު ނަސްލުގެ މީހެއް މަރާލި ހަބަރެވެ. އެއްވެސް ކުށެއް ނެތް އެމީހާ ހައްޔަރު ކުރަން ދެކޮޅުވެސް ހަދާފައި ނުވާއިރު، ފުލުހަކު ވަނީ އޭނާ ގައިގަައިި ބިޑި އެޅުވުމަށް ފަހުގައި އޭނާ ކަރުގައި ފުލުސް މީހާގެ ކަކޫ އަޅައިގެން އޭނާ މަރުވަންދެން އޮވެފައެވެ.

އެތައް އިރެއް ވަންދެން ފުލުސް މީހާ އެހެން އޮތްއިރު، ނޭވާ ނުލެވޭކަމަށް ތަކުރާރުކޮށް ބުނެ އެންމެ ފަހުން ޖޯޖް ފްލޮއިޑް ވަނީ މަރުވެފައެވެ. މިއާއިއެކު މުޅި އެމެރިކާގައި ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށާއި ޖޯޖް އަށް އިންސާފު ހޯދައި ދިނުމަށް އެދި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

މިގޮތުން ނިއުޔޯކް ސިޓީގައި މިހާރު ކުރިއަށް ދާ މުޒާހަރާގައި މިއަދު ވަނީ ރައްޔިތުންގެ ރުޅިގަނޑު ކެކިގެންދާ ފަދަ މަންޒަރެއް ފެނިފައެވެ. އެއީ ފުލުހުންގެ ވެހިކަލެއް މުޒަހަރާގެ ބައިވެރިންގެ ގަޔަށް ކާރު އަރުވާލުމާއި ގުޅިގެންނެވެ.

މުޒާހަރާ ކުރަމުން ގެންދިޔަ ސަރަހައްދަށް ފުލުހުންގެ ވެހިކަލެއް ވަންނަން އުޅުމުން ބައިވެރިން ވަނީ ކާރު ކުރިމައްޗައް ބެރިކޭޑެއް ކައިރިކޮށްފައެވެ. މިއާއިއެކު ފަހަތުގައި ތިބި ބައެެއް މީހުން އެ ކާރަށް ފެންފުޅިއާއި އެކި ޒާތުގެ ކުނި އުކަން ފެށުމުން އެ ކާރު ދުއްވަން އިން ފުލުސް މީހާ ވަނީ އެ ބެރިކޭޑަށް ކާރު އަރުވާލާފައެވެ.

މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަން ސާފުވެފައި ނުވި ނަމަވެސް، ފުލުހުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

އެމެރިކާގައި ކަަޅު ނަސްލުގެ މީހުންނަށް އަދިވެސް ތަފާތު ކުރުންތައް ގެންގުޅޭ އިރުގައި މިކަމުގެ ސަަބަބުން އެ ގައުމުގައި ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ފުރާނަ ގެއްލެއެވެ.

https://youtu.be/2v0dc44El5U

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގައިދުރު

    ވަރަށް ދެރަ ކަންކަން! ނަމަވެސް ހަމަހަމަ ނުކުރެވުމުގެ ނަތީޖާ! ފިލާވަޅެއް!

    51
  2. ގެރި

    ކޮބާ އެއްކަލަ އަންނި އަދި ޝަހީދު، ހިއުމަން ރައިޓްސްގެ އައްޕަމެން!

    60
    1
  3. ތަހުޒީބު 2020

    ޑިމޮކްރަސީ ދޮންވެ ފައްކާވަނީ

    68
    1