ކަޅު ނަސްލުގެ މީހެއްގެ ކަމަށްވާ ޖޯޖް ފްލޮއިޑް 46، ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި މަރުވި މައްސަލަ ހޫނުވެ، ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގައި ވެރިރަށަށް ވޮޝިންޓަންގައި ހުންނަ އެޕަލް ސްޓޯރެއް ފަޅާލައިފިއެވެ.

މީސްމީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމެރިކާގައި މުޒާހަރާ ކުރަމުންދާ މީހުން އެޕަލް ސްޓޯރަށް ވަދެގަނެ، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ ހަލާކު ކުރަމުންދާ މަންޒަރު ފެނެއެވެ. ފްލޮއިޑްގެ މަރާއި ގުޅިގެން މުޅި އެމެރިޔާގައި ދަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގަމުންނެވެ. އަދި އެމެރިކާގެ ބައެއް ހިސާބުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

އެ މީހުން އެޕްލް ސްޓޯއަށް ވަދެފައި ވަނީ އެ ތަނުގެ ގޭޓް ހަލާކުކޮށްލައިގެންނެވެ. އެޕްލް ސްޓޯރަށް ވަދެ ވައްކަންކޮށްފައި ވާއިރު، މީސްމީޑިއާގައި އާއްމު މީހަކު ވަނީ ހަމަނުޖެހުން ހިންގި މީހުން ނުކުމެގެން ދިޔަ އިރު އެތަނުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެފައެވެ.

އަދި ފުލުހުން އެ ތަނަށް އައުމަށް 7 މިނިޓެއްހާ އިރު ނެގި ކަމަށް އެމީހާ ބުންޏެވެ.

ފްލޮއިޑް، މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހަކު ވަނީ ފްލޮއިޑް ވައްޓާލައި ބާއްވައިގެން ކަކުލުން ކަރަށް އަރާ އަނިޔާކުރި މައްސަލައެއް ފެންމަތިވިއެވެ. އެ ހާދިސާގެ ވީޑިއޯ ފުޓޭޖް އާންމުވެފައިވާ އިރު، އޭރު ފްލޮއިޑް ދިޔައީ އޭނާ ހާސްވެގެން މަރުވަނީ ކަމަށް ގޮވަމުންނެވެ. އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހަކު ކުރީ ފޭކް ނޫޓުތަކެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

ފްލޮއިޑް ހައްޔަރު ކުރުމުގެ ތެރޭގައި ކަރަށް ކަކުލުން އަރައިގެން ހުރި ދޮން ނަސްލުގެ ފުލުސް މީހާ ޑެރެކް ޗައުވިން، 44، މިހާރު ވަނީ މަގާމުން ވަކިކޮށް، މީހަކު މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯދަ މުބާރިކް

    އެމެރި ކާގައި ވެސް އަދު ދުވަހު މުޒާހަރާ ތެރެއިން ގާބުރި ޢެއްލިމާ މި ވީ ހައްދުން ނެއްޓި، ހައްދު ފަހަނަ އެޅީ ކަމަށް! މުޒާހަރާ އަށް ނު ކުންޖެހުނު ސަބަބު އޮތީ އޮތް ތާ ކު! މި ވެރިން އެންމެންގެ ޙާލު ހަމަ އެއްވަރު!

    ވެރި މީހާ ބަން ކަރަށް ވަދެ ފިއްލެވީ ކަމަށް ޚަބަރުތަށް ކިޔަނީ!

    7
    1