އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ހަވާއީގައި ދިރިއުޅޭ މަސްވެރިންތަކެއް ބޭނި 99 ކިލޯގެ ދެ ކަންނެލި ސިއްހީ ހިދުމަތްތެރިންނަށް ހަދިޔާކޮށްފިއެވެ.

ހަވާއީގެ ޓީވީ ޗެނަލަކުން ގެނެސްދެމުން އަންނަ ޑައިވިން ޝޯއެއްގައި މަސައްކަތް ކުރަމުން އަންނަ ޕްރޮޑިއުސަރު ކައިލް ނަކަމޯޓޯ ސީއެންއެން އަށް ބުނީ އެމީހުންގެ ގްރޫޕުން ބޭނި ދެ ކަންނެލީގެ ބަރުދަނުގައި 220 ޕައުންޑް ހުރި ކަމަށެވެ. އެއީ 99.7 ކިލޯއެވެ.

ސިއްހީ ހިދުމަތްތެރިން ފޮޓޯއަކަށް ހުއްޓިގެން.

މަސްވެރިންގެ ގްރޫޕުން ބޭނި ދެ މަސް ކައްކައި، 300 ތަށްޓަށް އެޅުމަށް ފަހު ގެންދިޔައީ ހޮނޮލުލޫ ސްޓްރައުބް މެޑިކަލް ސެންޓަރަށާއި ދަ ކުއީންސް މެޑިކަލް ސެންޓަރަށް ކަމަށްވެއެވެ. އަދި އެތަނުގައި ތިބި ސިއްހީ ހިދުމަތްތެރިންނަށް ވަނީ ހަދިޔާކޮށްފައެވެ.

ސްޓްރައުބް މެޑިކަލް ސެންޓަރުގެ ޗީފް އޮޕަރޭޓިން އޮފިސަރު ޓްރެވިސް ކްލެގް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެތަނުގައި ތަނުގައި ތިބި ސިއްހީ ހިދުމަތްތެރިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެއީި ކުރީ ސަފުގައި އުޅޭ ބައެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އުމުރުން ދުވަސްވީ މީހާ. އެމީހާ ވަނީ މިދިޔަ މަހު މަރުވެފައި.

"އަހަރުމެން ވަރަށް ބޮޑަށް އުފާވި މިކަހަލަ ހަދިޔާއެއް ލިބުނީމަ ސިއްހީ ހިދުމަތްތެރިންނަށް،" ޓްރެވިސް ވިދާޅުވިއެވެ.

ޓްރެވިސް ވިދާޅުވި ގޮތުގައި، ކަންނެލި ދެ މަސް އަތުލައިގަތުމަށް މަސްވެރިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަން ފާހަގަކުރެއްވިއެވެ.

މަސްވެރިންތަކެއް ބޮޑު ދެ ކަންނެލި މަސް، ސިއްހީ ހިދުމަތްތެރިންނަށް ހަދިޔާ ކުރިއިރު، އުމުރުން 104 އަހަރުގެ ސެޓްސުއޯ ޓޮޑްރޮކީ ނަމަކަށް ކިޔާ މީހަކު ވަނީ އޭނާ ބޭނި މަސްތަކެއް ވެސް ބަހާލައިފައެވެ.

"އެމީހާ ވަނީ މިދިޔަ މަހު ދުނިޔެއާ ވަކިވެފައި. އޭނާގެ ފަރާތުން މިކަން ކުރަން ހިތްވަރު ލިބުނީ،" ނަކަމޯޓޯ ކިޔައި ދިނެވެ.

އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި އޮތް ގައުމެވެ. އެ ގައުމުގައި މިހާތަނަށް 1.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، އެ ބަލީގައި އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައވެެ.

ކިޔުންތެރިންގެ ހިޔާލު