ވަގަށް ނަގައިފައިވާ ވޭން އެއް ދުއްވަމުންދިޔަ މީހަކު ފުލުހުންނަށް ފިލުމުގެ ތެރޭގައި މޫދަށް ފުންމާލުމުން ލަންޑަން ބުރިޖް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ލަންޑަން ބުރިޖް ބަންދުކޮށްފައިވަނީ މިއަދު މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރުމަށެވެ، ބޭރުގެ މީޑިޔާތަކަށް މައުލޫމާތުދެމުން ލަންޑަންގެ ފުލުހުން ބުނެފައިވަނީ މިމީހާ ބުރިޖްއާ ދިމާއިން މޫދަށް ފުންމާލުމުގެ ކުރިން ދުއްވަމުންދިޔަ ވޭނުގައި ގިނަ ކާރުތަކެއްގައި ޖައްސާ ބޮޑެތި ގެއްލުންތަކެއް އެކާރުތަކަށް ލިބިފައިވާކަމަށާއި މީގެ އިތުރުން މީހުން އަރުވައިގެން ދަތުރު ކުރަމުންދިޔަ ބަހެއްގައިވެސް ޖައްސާލާފައިވާ ކަމަށެވެ.

ލަންޑަނުގެ ފުލުހުން މައުލޫމާތު ދޭގޮތުގައި މިމީހާ މޫދަށް ފުންމާލާފައިވަނީ ދުއްވަމުންދިޔަ ވޭންއިން ފުމާލައިގެން ކަމަށާއި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި މިހާރު އެ ވޭން ދުއްވަން އިން މީހާ ހުރީ ހައްޔަރުގައި ކަމަށާއި ނަމަވެސް ސިއްޙީ ފަރުވާ ދިނުމަށް ހަސްފަތާލަށް ގެންދިޔަ ކަމަށް ލަންޑަންގެ ފުލުހުން މައުލޫމާތުދެއެވެ.

އެމީހާގެ ސަލާމަތްކޮށްފައިވަނީ ކޯސްޓްގާޑްގެ އެހީތެރި ކަމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެކްޓްޗެކް

    ލަންޑަން ބްރިޖަކީ ތެމްސް ކޯރުމަތިން އޮންނަ ބްރިޖެކޭ.. އެތާނގަނެތް މޫދެއް މިއައީ ބަލާފަ